ފަސްމީރު މަސްދަޅުގެ އަގު ހެޔޮކޮށްފި

EjdXkI-U8AAQJ-I-2048x1365-1.jpeg

މިފްކޯ އިން ވިއްކަމުން ގެންދާ ފަސްމީރު މަސްދަޅުގެ އަގު ހެޔޮކޮށްފި އެވެ.

މަސްދަޅުގެ އަގު ހެޔޮކުރުމާއެކު ތެޔޮ މަސްދަޅެއްގެ މިހާރުގެ އަގަކީ 14.50ރ. އެވެ. ތެޔޮ މަސްދަޅު އިކޮނޮމީ 14ރ. އަށް ލިބޭއިރު އިކޮނޮމީ ޕެކް އިން ބްރައިން ގެ އަގަކީ 12.50ރ.އެވެ.

މިފްކޯ އިން ވިއްކާ މަސް ދަޅުގެ އަގު އެންމެ ފަހުން ބޮޑުކޮށްފައިވަނީ މިއަހަރުގެ ޖޫން 1ވަނަ ދުވަހު އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑު ވަމުން ދިއުމާއި، ދަޅު އުފެއްދުމަށް ބޭނުންކުރާ ޓިން ފްރީލްސްއާއި، ދަޅުގެ އަގުގެ ބޮޑު ބައެއް ހިއްސާކުރާ ޑީސަލްގެ އަގު ވެސް މައްޗަށް ގޮސްފައިވާ ކަމަށް ބުނެ 610 ރ.އަށް ވިއްކަމުން އައި މަސްދަޅު ކޭސް އެދުވަހު ވަނީ 740 ރުފިޔާ އަށް ބޮޑު ކޮށްފަ އެވެ. މިއީ މަސް ދަޅަކުން 3 ރުފިޔާ 13 ލާރީގެ ބޮޑުވުމެކެވެ.

މިފްކޯއިން މިއަދު ބުނީ އެ ކުންފުނިން އަބަދުވެސް ރައްޔިތުންނާއި ގާތުން ތާޒާ އަދި ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top