ނިޔާމަ ބޯޓު ފުންކޮށްފި

13124548_1031558646919150_1246691612842539111_n.jpg

1މޭ 2016 ނިޔާމަބޯޓު މައްޗަށް ނަގާފައި

އޭދަފުށީ އުތުރުފަރާތު ފަޅުތެރެއަށް އަޑިއަށްގޮސްފައިވާ ނިޔާމަ ބޯޓު މިއަދު ހަވީރު މައްޗަށް ނަގައިފިއެވެ. އެބޯޓު އަޑިއަށް ގޮސްފައިވަނީ އިއްޔެ މެންދުރުފަހުއެވެ.

ނިޔާމަ ބޯޓު އިއްޔެ  އޭދަފުށި އުތުރުފަރާތު ނެރުމައްޗަށް ހުރަސްވާގޮތަށް އަޑިއަށް ގޮސްފައިވަނީ އެބޯޓު މިދިޔަ ޑިސެމްބަބަރުމަހު 25ވަނަ ދުވަހުގެ ރޭ ތުޅާދޫ ފަޅު ތެރޭގައި އޮއްވާ އަލިފާނުގެ ހާދިސާއެއްގައި ބޮޑުބައެއް އަދައިގެން ދިއުމުން މަރާމާތަށްފަހު މޫދަށް ބާލައިގެން އުތުރުފަރާތު ފަޅުތެރެއަށް ވައްދަން އުޅުމުގެ ތެރޭގައެވެ. މި ބޯޓު އުތުރު ފަރާތަށް ގެނައީ އެހެން އުޅަނދެއްގެ ކަފުގައެވެ.

އެމްއެންޑީއެފް ކޯސްޓްގާރޑްގެ އެހީތެރިކަމާ ބައެއްރިސޯޓްތަކުގެ އެއްބާރުލުމާއެކު މި ބޯޓު ފުންކޮށްފައިވަނީ 24 ގަޑިއިރުގެ މަސައްކަތަށް ފަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top