މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބ. ކިހާދޫ / ޒުވާރިމާގެ، އާމިނަތު ޝަހާމާ ހަމީދު (18އ) ހައްުޔަރުކޮށްފިއެވެ.
އޭނާއާއި އެކު ރ. މަޑުއްވަރި/ ރަންތަރި، މުޙައްމަދު ނަޖީހު (31އ) ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކުރީ އިއްޔެއެވެ.
އެ ދެ މީހުން ހައްޔަރުކޮށް، މާލެ، މައްޗަންގޮޅި ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ 20.19ގުރާމުގެ ތަކެތި ފެނުނުކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ ދެ މީހުންގެ މައްޗަށްވެސް ކުރަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާކުރާކަމުގެ ތުހުމަތެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ނަޖީހު 15ދުވަހަށް އަދި އާމިނަތު ޝަހާމާ ހަމީދު ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.




