އާ ކައުންސިލަރުންގެ މުސާރަތައް ކަނޑައަޅައިފި

YE4lAZp2gb3efNZmZLCha3OnLHZpLBMnsGQO8XWx.jpeg

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް

އަލަށް އިންތިޚާބު ކުރި ކައުންސިލަރުންގެ މުސާރަތައް ކަނޑައަޅައި މުސާރައިގެ އޮނިގަނޑު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން އެންމެ ބޮޑު މުސާރައެއް ކަނޑައަޅާފައިވަނީ ސިޓީތަކުގެ މޭޔަރުންނަށެވެ. އެގޮތުން މޭޔަރަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އާއި އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާއާއެކު، ޖުމްލަ 40،000 ރުފިޔާގެ މުސާރައެއް ދިނުމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. ޑެޕިއުޓީ މޭޔަރުންނަށް މުސާރައިގެ ގޮތުގައި 27،000 ރުފިޔާ އާއި 8000ރުފިޔާގެ އެލަވަންސެއް ދޭން ވަނީ ފާސްކޮށްފަ އެވެ. ސިޓީ ކައުންސިލް މެންބަރުންނަށް މުސާރައިގެ ގޮތުގައި 24،000 ރުފިޔާ ލިބޭ އިރު އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ 25،000 ރުފިޔާއިން 28،000 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ރަށު ކައުންސިލްގެ ރައީސްއަށް މުސާރައިގެ ގޮތުގައި 18،400 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 4،600 ހަމަޖައްސާފައިވާއިރު ރަށު ކައުންސިލުގެ ނައިބު ރައީސް އަށް މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 3،400 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ރަށު ކައުންސިލް މެމްބަރެއްގެ މުސާރައިގެ ގޮތުގައި 9،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 2،400 ރުފިޔާ ހަމަޖައްސައި، ޖުމުލަ 12،000 ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މާލިއްޔަތު ކޮމިޓީން މިގޮތަށް ފާސްކުރި ނަމަވެސް މި ކަމުގައިވެސް ފަހު ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު