އާމިރުޚާންގެ ދަންގާލް މާކުރީގައި

aamir-khan-dangal-the-new-poster-of_cdfced44-41c0-11e6-8e05-c384b245cd95-1.jpg

އާމިރުޚާން ގެ ކޮންމެ ފިލްމަކީވެސް އެފިލްމެއް ހަދަން ފެށިއްސުރެ ފިލްމު ބަލާލުމަށް އެންމެންވެސް ޝައުގުގުވެރި ކުރުވާ ފިލްމު ތަކެކެވެ. ތާރީޚް އޮތީ އެވާހަކަ ކިޔާ ދީފައެވެ. 2014ވަނަ އަހަރު ނުކުތް  ނުކުތް  އާމިރުޚާންގެ ޕީކޭ އާއި 2013ގައި ނުކުތް ދޫމް 3 އަދި އޭގެ ކުރިން ނުކުތް އޭނާގެ ފިލްމްތަކަކީ ބެލުން ތެރިންނަށް ބޮލީވުޑްގެ ފިލްމުތަކާމެދު އާ އުންމީދެއް ގެނެސް ބެލުން ތެރިން ހިނިތުން ކުރުވި ފިލްމްތަކެކެވެ.

އާމިރުޚާންގެ ފަހު ފިލްމް “ދަންގަލް” ރިލީޒްވިޔާ އަދި ހަފްތާއެއް ހަމަނުވާއިރު އެފިލްމަށް މިހާރުވެސް ވަނީ 100 ކުރޯޑަށްވުރެ ގިނަ ރުޕިޔާ ލިބިފައެވެ.

އާމިރް ޚާން ގެ ހުރިހާ ފިލްމު ތަކަކަށް ވެސް ރަނގަޅު ކާމިިޔާބީއެއް ލިބުން ކަމުގައިވީ ނަމަވެސް، “ދަންގާލް” އަށް މިލިބުނު ކާމިޔާބު އޭނާގެ އެހެން ހުރިހާ ފިލްމުތަކަށްވުރެ ވެސް ބޮޑެވެ.

ދަންގާލް ރިލީޒްވުމުގެ ކުރިން ފިލްމާމެދު ވާނެ ގޮތެއް ނޭގޭތީ ކަންބޮޑުވެފައި ހުރި އާމިރު މިހާރު ހުރީ ހިތްހަމަޖެހިފައެވެ. ފިލްމާއި ދޭތެރޭ އާމިރް ޚާން ބުނެފައިވަނީ މިފިލްމު އޭނާ ހީކުރިވަރަށް ވުރެ ވެސް ކާމިޔާބުކަމުގައެވެ.

ދަންގާލް ރިލީޒް ވުމުގެ ކުރިން ބޮކްސްއޮފީހުގައި ރަސްކަން ކުރީ ސަލްމާން ޚާންގެ “ސުލްތާން” އެވެ. މިފިލްމު ސުޕާހިޓް އަކަށް ވެފައިވާ އިރު، އާމިރު ޚާންގެ “ދަންގާލް” މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސުލްތާން ގެ ރިކޯޑު ވެސް މުގުރާލާފައެވެ.

އިންޑިއާ ގެ ރެސްލަރ އަދި ކޯޗެއް ކަމަށްވާ މަހާވީރް ސިންގް ޕޯގަޓް ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމް ގައި އާމިރް ޚާން ގެ އިތުރުން، ފާތިމާ ސަނާ ޝައިޚް، ސާންޔާ މަލޯތުރާ، އަދި ސާކްޝީ ތަންވާރް، ލީޑް ރޯލްތަކުން ފެނިގެން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top