ދިވެހި ބޭސްވެރިކަމުގެ މަހާސިންތާއެއް ބާއްވަނީ

37727132-alternative-medicine-with-lemon-pollen-cinnamon-ginger-and-garlic.jpg

ދިވެހި ބޭސްވެރިކަމާއި އޯލްޓަނޭޓިވް މެޑިސިންގ ކުރިއެރުވުމާ ގުޅޭ މަހާސިންތާ މިމަހު 30ގައި ބާއްވާ ގޮތަށް މިނިސްޓްރީއޮފް ހެލްތުން ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ގައިވެސް ހިމެނޭ ދިވެހި ބޭސްވެރިކަން ކުރިއެރުވުމުގެ ވައުދުގެ ދަށުން ބާއްވާ މި މަހާސިންތާއަކީ ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް މެޑިސިން ރާއްޖޭގައި ދިރުވާ އާލާކުރުމުގެ ގޮތުން ބާއްވާ މަހާސިންތާއެއްކަމަށް ހެލްތް މިނިސްޓްރީ އިން ބުނެއެވެ.

ބ.އަތޮޅަކީ ދިވެހި ބޭސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަތޮޅަކަށްވެފައި ރާއްޖޭގައި މިފަދަ ތިއްބެވި ދިވެހި ބޭސްވެރިންނާއި ‘އަލްޓަނޭޓިވް މެޑިސިންގ’ ދާއިރާގެ ބޭފުޅުންނާ މިކަމަށް ޝައުޤުވެރިވާ އާއްމު ފަރާތްތަކަށް ލިބޭ މި ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން މި މަހާސިންތާގައި ބައިވެރިވާނެ އެވެ.

މި މަހާސިންތާގައި މި ދާއިރާތަކުން މިހާރު ހޯދިފައިވާ ހޯދުންތަކާއި މިކަންކަން ކުރިއެރުވުމުގައި ދިމާވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް މަޝްވަރާކުރުމުގެ އިތުރުން ދިވެހި ބޭހާއި، ‘އޯލްޓަނޭޓިވް މެޑިސިންގ’އަށް ދުނިޔޭގެ ފެންވަރުގައި ދީފައިވާ ޚާއްސަކަމާއި ބޭނުންކުރާނެގޮތާ މެދު މަޝްވަރާކޮށް މި މަޝްވަރާތަކަށް ބިނާކޮށް ދިވެހި ބޭހާ، އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top