ރިސޯޓްތަކުން ކައިރި ރަށްރަށަށް އެހީތެރިކަން ދިނުން މުހިއްމު – ރައީސް

b_GMBUYSPJ2AiW1k7qxGE14jyqn.jpg

ރައީސް ސޯލިހު މިއަދު ނ.ހެނބަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވަނީ - ފޮޓޯ :ސޯޝަލް މީޑިއާ

ރިސޯޓުތަކުގެ ކައިރީގައިވާ މީހުން ދިރިއުޅޭ ރަށްތަކަށް އެހީތެރިކަން ދިނުން މުހިންމު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ނ. ހެނބަދޫއަށް މިއަދު ވަޑައިގެން އެރަށުގައި އަމިއްލަ ފަރާތަކުން ގާއިމު ކޮށްދޭ ނަރުދަމާ އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަސު ސޯލިހު ވިދާޅުވީ، ރިސޯޓުތަކުން ރަށްރަށުގެ އަސާސީ ކަންކަމަށް އެހީތެރިވާނަމަ އެއީ ދައުލަތަށް ލިބޭ ބޮޑު ލުޔެއް ކަމަށެވެ.

އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވެފައިވާ ރަށްރަށުގެ ކައިރިގައިވާ ރިސޯޓުތަކުން އެ ފަދަ ކަންކަމުގައި އެހީތެރިވާނަމަ، ރަށްރަށުގައި އެފަދަ ޕްރޮޖެކްޓްތައް ހަލުވިކަމާ އެކު ހިންގޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

“ހެނބަދޫ ފަދަ ކިތަންމެ ރަށެއް އެބަހުރި .އެފަދަ އަސާސީ ހިދުމަތްތައް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް، އަދި އެފަދަ ރަށްރަށުގެ ކައިރީ ހުރި ރިސޯޓުތަކުގެ އެހީތެރިކަން ލިބޭނަމަ ދައުލަތުގެ ބަޖެޓަށް ބުރައަކަށް ނުވެ، ހަލުވި މިނެއްގައި އަސާސީ ހިދުމަތްތައް ފުރިހަމަ ވެގެންދާނެ،” ރައީސް ވިދާޅުވި އެވެ.

ބ.އަތޮޅުގައި މިހާރުވެސް 16ރިސޯޓު ހިންގަމުން ގެންދެއެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ ލަގްޒަރީ ރިސޯޓުތަކެވެ. މި ރިސޯޓުތަކުން އަތޮޅުގެ ރަށްރަށަށް އެރިސޯޓް ތަކުގެ ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދޭނަމަ ބ.އަތޮޅުގެ ރަށްރަށަށް ސަރުކާރުން ފޯރުކޮށްދޭން ޖެހިފައިވާ އަސާސީ ޚިދުމަތްތައް މިހާރު އޮންނާނީ ފުރިހަމަވެފައި ކަމަށް ގަބޫލު ކުރެވެއެވެ.

އަތޮޅު ރައްޔިތުންގެ އުއްމީދަކަށް ވެފައި އޮންނަނީ ރަށްރަށުގެ ވަށައިގެން ހިންގަމުން އަންނަ މުއްސަނދި ރިސޯޓު ތަކުގެ މުއްސަނދި ކަމުގެ ކޮންމެވެސް އިންސައްތައެއް ކައިރި ރަށްރަށަށް ލިބޭ ކަހަލަ ގޮތެއް ހަމަޖެހިގެން ދާނެ ދުވަހަކަށެވެ. ގާނޫނަކުން ވިޔަސް މެއެވެ. ވޯޓު ހޯދަން ވަޑައިގަންނަވާ އިއްޒަތްތެރި މެންބަރުންގެ ސަމާލުކަމަށް މިކަން ގެނެސްފިނަމަ މިއީ ވަރަށް ފަސޭހަ ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top