އެކްސްކަވޭޓަރ ހިފައިގެން ނުކުތް ކޮޅުވެއްޓި ކެންދޫ ފަރަށް !

l_150600590116xPyf.jpg

ކެންދޫ ފަރަށް އެރި ބޯޓް- ފޮޓޯ : ކެންދޫ ކައުންސިލް

ބ. ކެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި ބޭނުންކުރި ހައިމާކެއް ހިފައިގެން ފުރި ކޮޅުވެއްޓި އެ ރަށު ފަރަށް އަރައިފިއެވެ.

މިއަދު ހެނދުނު 10 ޖަހާ އެހާކަށް ހާއިރު ހިނގާފައިވާ މިހާދިސާގެ މައުލޫމާތުދެމުން ކެންދޫ ކައުންސިލްގެ މެންބަރު އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވީ ކޮޅުވެއްޓި ފަރަށް އަރާފައިވަނީ ހައިމާކު އަރުވައިގެން ނެރުން ނިކުންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އިބްރާހީމް ވިދާޅުވީ މި ހާދިސާގައި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށާއި އަދިވެސް ކޮޅުވެއްޓި ފުން ނުކުރުވޭ ކަމަށެވެ.

“ވަރަށް ބޮޑަށް ވަނީ ފަރަށް އަރާފައި. ގާތްގަޑަކަށް ފަސްހާހަކަށް އަކަފޫޓް ހިމެނޭ ސަރަހައްދަކަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ،” އިބްރާހިމް ވިދާޅުވިއެވެ.

އޭނާ ލަފާކުރައްވަނީ އެ ކޮޅުވެއްޓި ފަރަށް އެރީ އޮއި ގަދަވުމުގެ ސަބަބުން ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ. އަދި ދިޔަވަރު ބޮޑު ވާވަރަކަށް ފުން ކުރުމުގެ މަސަތްކަތަށް ކުރިއެރުން ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

އެ ބޯޓް ފުންކުރުމުގެ މަސައްކަތް ކުރަނީ ބޯޓްގެ ފަޅުވެރިންނާއި ބަނދަރު ހެދުމުގެ މަސައްކަތުގައި އުޅުނު މީހުންނެވެ.

ކަނޑުގައި ދުއްވާ އުޅަނދެއް ފަރަކަށް އަރައިގެން އެފަރަކަށް ގެއްލުމެއް ލިބިއްޖެނަމަ ފަރަށް ލިބިފައި ހުރި ގެއްލުންތަކަށް ބެލުމަށް ފަހު ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީީ (އީޕީއޭ) އިން ޖޫރިމަނާ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top