މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ، ރަމަޟާން މުބާރިކް

img_md_202104050452031617623523.972.jpg

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަދުވަހަކީ އަންނަ އަންގާރަ ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

މިގޮތަށް ކަނޑައަޅާފައި ވަނީ ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގަ އެވެ.

ހަނދާ ބެހޭ ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ތަނަކަށް މިރޭ ރަމަޟާންމަހުގެ ހަނދު ފެނިފައި ނުވާ ކަމަށާއި އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް ހަނދު ސާބިތުވެއްޖެކަމުގެ ޚަބަރު ރަސްމީގޮތުން ލިބިފައި ނުވާކަމަށެވެ.

“އެހެންކަމުން ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދު ބެލުމުގައި ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާ އަކީ މިހިނގާ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ކަނޑައަޅައި، މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސްކަމުގައި ކަނޑައަޅާފައިވާ”  ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top