އޭދަފުށީ ޕޮލިސް އާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު އަތުލައިގެންފިއެވެ.
އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި އަތުލައިގެންފައިވަނީ ބ. ކަމަދޫ އަށް ނިސްބަތްވާ 24 އަހަރުގެ ފިރިހެނެކެވެ.
އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.