ބޯފެނުގެ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ތަކެތި ގެންނަން ފަށައިފި

DSCN3319.jpg

އޭދަފުށި ބަނދަރުމަތި - ފޮޓޯ :އީވީ

އޭދަފުށީގައި ސާފު ބޯފެނުގެ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ތަކެތި ގެންނަން ފަށައިފިއެވެ. އެގޮތުން މިއަދު ވަނީ މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޝިނަރީޒް އާއި ތަކެތި އޭދަފުށްޓަށް ގެނެސްފައެވެ.

އޭދަފުށީގައި ސާފު ބޯފެނުގެ ނިޒާމް ގާއިމް ކުރުމަށް ސަރުކާރުން ހަވާލު ކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއްކަމުގައިވާ ސެނޮކް ޓްރޭޑް ކޮމްބައިން އާއެވެ. މިދިޔަ އެޕްރީލް މަހު މިކުންފުންޏާއި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 7 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

އެންވަޔަރަން މިނިސްޓްރީން ބުނަނީ މި ޕްރޮޖެކްޓް ނިމޭއިރު އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ ކަމަށާއި އަދި ބޯފެނުގެ ޚިދުމަތް ގާއިމުވެ، ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ހިދުމަތް ގުޅާވޭނެ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top