އޭދަފުށީގައި ކުޑަކުދިންގެ ޕާކެއް ހަދަނީ؟

އޭދަފުށީ ބަހިއްޔާ ޕްރީސްކޫލް

އޭދަފުށީ ބަހިއްޔާ ޕްރީސްކޫލް

ވަރަށްއަވަހަށް އޭދަފުށިގައި ކުޑަކުދިންގެޕާކެއްހެދުމުގެމަސައްކަތް ކުރިއަށްދާކަމަށް އޭދަފުށީކައުންސިލްގެ މެންބަރު މުހައްމަދުރިޒާ ވިދާޅުވެއްޖެއެވެ.

“މަސައްކަތްފެށުން ލަސްވެގެންމިދަނީ އެތަނުގައި ބަހައްޓަންބޭނުންވާތަކެތި ލިބުންލަސްވެގެން. އެހަމަ ލިބުމުން އަމަލީމަސައްކަތް ފަށަންވީ ” ރިޒާވިދާޅުވިއެވެ.

ރިޒާވިދާޅުވީ ކުޑަކުދިންގެޕާކަށް ބޭނުންވާތަކެތި ބެންކޮކުންގެނައުމަށްޓާކާ މިހާރުވާނީ ކޯޓޭޝަނަކަށްއެދިފައެވެ. އެކަމުގައި މެދުވެރިވަނީ ބަހިއްޔާޕްރީސްކޫލްގައިހުރި ކުޑަކުދިންކުޅެންބޭނުންކުރާތަކެތި ފޭލިޖަމްއިއްޔާއަށް ސަޕްލައިކޮށްދިން ކުންފުނިކަމުގައެވެ.

ކުޑަކުދިންގެ ޕާކެއްހެދުމަށް ރަށުކައުންސިލްގެ ފަރާތުންވަނީ ދެސަރަހައްދެއްކަނޑާއަޅާފައި ކަމުގައި ވިދާޅުވަމުން އެތަނުން އެއްތަނަކީ ހޮސްޕިޓަލްގެ ހުޅަނގުންއޮތް ހުސްބިމާއި އިރުމަތީކޮޅު ސްޓޭޑިއަމް ސަރަހައްދުކަމުގައި ރިޒާވިދާޅުވިއެވެ.އެތަނުން އަދި ވަކި ތަނެއް ކަނޑައަޅާފައި ނުވާކަމަށްވެސް ރިޒާވިދާޅުވިއެވެ.

އޭދަފުށީކައުންސިލަކީ ރަށުގެތަރައްގީއަށް ބޭނުންވާ ކަންކަމުގައި ދެލޯމަރާލައިގެން އޮންނަތަނެއްގެގޮތުގައި ގިނަރައްޔިތުން ސިފަކުރަމުންދާއިރު ކުޑަކުދިންގެ ޕާކެއްހެދުމުގެ ވާހަކައަކީވެސް އަނެއްކާވެސް ރައްޔިތުންގެބޮލަށްޖަހާ ޗިޕަކަށްނުވާނެބާއެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top