ކުރީގެ ފިލްމީ ތަރި ސަނާ ޚާން ފިނޮޅު ރިސޯޓުގައި

img_md_202108080913571628439237.3966.jpg

ސަނާ ޚާން

ދީނީ ކަންކަމަށް ލޯބިކުރާ ދިރިއުޅުމެއް ހޯދަން ކަމަށްބުނެ ފިލްމީ ދާއިރާ ދޫކޮށް ބުރުގާ އެޅި، ސަނާ ޚާން ފިރިމީހާ އަނަސް އާއެކު ބ.އަތޮޅުގައި އޮންނަ ފިނޮޅު މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ރާއްޖެ އައުމަށްފަހު ސަނާ ވަނީ ރާއްޖޭގައި ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. މި ވީޑިއޯގައި ރާއްޖެ އައިސް އެއާޕޯޓުގައި ހޭދަކުރި ވަގުތުތަކާއި އެއާޕޯޓުގައި ދެމީހުން ނަމާދުކުރާ މަންޒަރާއި އެއާޕޯޓުން ނިކުމެ ބަހަށް އަރާ މަންޒަރުގެ އިތުރުން ރިސޯޓަށް ދިއުމަށް ސީޕްލޭންއަށް އަރާ މަންޒަރުވެސް ފެނެއެވެ.

ސަނާ ފިލްމީދާއިރާ ދޫކޮށްލީ އިންސާނިއްޔަތަށް ހިދުމަތްކުރުގެ މަގްސަދުގައި ކަމަށް އޭނާ ބުނެ އެވެ.  ފިލްމީ ދާއިރާ ދޫކޮށްލުމަށްފަހު އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އިންސާނުން ދުނިޔެ އަށް އައުމުގެ މަގްސަދަކީ ފައިސާ އާއި މަޝްހޫރުކަމެއް ނޫނެވެ. ފައިސާ އާއި މުއްސަނދިކަން ހޯދުމުގެ ޝައުގުވެރިކަމެއް މިހާރު ނެތް ކަމަށާއި ބޭނުން ވަނީ ހަމަހިމޭން ދީނީ ކަންކަމަށް ލޯބިކުރާ ދިރިއުޅުމެއް ހޯދަން ކަމަށް ސަނާ ވަނީ ބުނެފައެވެ.

ފިލްމް “ޖެއިހޯ” “ވަޖާ ތުމް ހޯ” އަދި “ޓޮއިލެޓް: އެކް ޕްރޭމް ހަތާ” ފަދަ ފިލްމްތަކުން މަޝްހޫރު ކަން ހޯދާފައިވާ އުމުރުން 33 އަހަރުގެ ސަނާ ހާން ވަނީ 50 އަށްވުރެ ގިނަ ފިލްމް ކުޅެފައެވެ. އޭނާ އިސްލާމްދީނަށް ރުޖޫއަވުމުގައި އެންމެ ބޮޑަށް އެހީތެރިކަމެއް ދީފައިވަނީ އޭނާގެ ފިރިމީހާއެވެ. އަދި ސަނާހާން ވަނީ އެކަމަށް އޭނާގެ ފިރިމީހާއަށް ޝުކުރު އަދާކޮށް ޕޯސްޓެއްވެސް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top