ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑު ކުރުމުގެ މަޝްރޫއު ފަށައިފި

438994_3_13f887df4ad9f0ebb5e44e21d2c8958fee3e9d37.jpeg

ސިވިލް އޭވިއޭޝަން މިނިސްޓަރު އަމީނާއި އައިލެންޑް އޭވިއޭޝަންގެ ބައެއް އިސްވެރިންނާއި ދައުލަތުގެ ބައެއް އެހެން އޮފިޝަލުން މިއަދު ދަރަވަންދޫ އެއާޕޯޓުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓް، ބ. ދަރަވަންދޫ އެއާޕޯޓު، އައިލެންޑް އޭވިއޭޝަން އާއި ހަވާލުކޮށް އެ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއު މިއަދު ފަށައިފި އެވެ.

މި ބަދަލާށއެކު ދެން އެއެއާޕޯޓު ހިންގުމާއި އެއާލައިން ސާވިސް ޚިދުމަތް ދެމުން ގެންދާނީ އައިލެންޑް އޭވިއޭޝަނުންނެވެ.

މިމަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވީ ދަރަވަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.

މި މަޝްރޫއުގެ ދަށުން އެރައިވަލް ހޯލް ބޮޑުކުރުމާއި ޗެކިން އަދި އެރައިވަލް ބެލްޓް އިތުރު ކުރުމުގެ އިތުރުން ޑިޕާޗާ ހޯލުގައި ކެފޭއަކާއި ޑިޕާޗާ ގޭޓެއް އިތުރުކުރުން ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top