ތަޖްރިބާ ދަތުރެއްގައި އައްޑޫސިޓީ ފޭދޫސްކޫލްގެ ޓީމެއް ބ.އަތޮޅަށް

ghjh-3.jpg

ފޭދޫ ސްކޫލް ޓީމް. ބ.އަތޮޅަށް އައުމަށް ތައްޔާރުވެފައި - ފޮޓޯ : އައްޑޫ އޮންލައިން

15 ދަރިވަރުންނާއި 4 ޓީޗަރުންނާއެކު ފޭދޫ ސްކޫލްގެ ޓީމެއް ތަޖްރިބާ ހޯދުމުގެ ދަތުރެއްގައި ބ. އަތޮޅަށް އަތުވެއްޖެއެވެ.

ބ. އަތޮޅަޑް ކުރާ ދަތުރުގެ ބޭނުމަކީ ބީޓެކް އާޓް އެންޑް ޑިޒައިން ހަދާ ދަރިވަރުންގެ އެސައިންމެންޓް ހެދުމަށް ބޭނުންވާ މައުލޫމާތުގެ އަމަލީ ތަޖުރިބާ ހޯދުންކަމުގައި ފޭދޫ ސްކޫލުން ބުނެއެވެ.

ފޭދޫ ސްކޫލުން ބުނީ ބ. އަތޮޅަށް ދާން ނިންމީ އެ އަތޮޅަކީ ދަރިވަރުން އެސައިންމެންޓް ހަދަން ބޭނުންވާ ތަފާތު މަސައްކަތްތެރިކަމުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އަތޮޅަކަށްވާތީ ކަމަށެވެ.

މި ޓީމް ބ. ކިހާދޫ، ތުޅާދޫ، ދަރަވަންދޫ، ކުޑަރިކިލު، އޭދަފުށީގެ އިތުރުން ސޮނެވާފުއްޓަށް ވެސް ޒިޔާރަތް ކުރަން ހަމަޖެހިފައިވެއެވެ.

ފޭދޫ ސްކޫލުން ބުނީ ޒިޔާރަތް ކުރާ ކޮންމެ ރަށަކުން ވެސް ތަފާތު މަސައްކަތްތެރިންނާއި ދަރިވަރުންނާ ބައްދަލު ކުރާނެ ކަމަށެވެ.

ބ. އަތޮޅުގެ ތަޖްރިބާ ދަތުރު ނިންމާލާފައި ފޭދޫ ސްކޫލް ޓީމް އައްޑޫސިޓިއަށް ދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top