ގޮއިދޫން ޓޫރިޒަމްގެ ބޭނުމަށް 2750000 އަކަފޫޓުގެ ބިން ކުއްޔަށް ދެނީ

goidhoo.jpg

ބ.ގޮއިދޫ---އީވީ ފައިލް ފޮޓޯ

ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއްރަށް ކަމުގައިވާ ބ. ގޮއިދޫން 275،000 އަކަފޫޓުގެ ބިން ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޭން ނިންމައި ގޮއިދޫ ކައުންސިލުން މިއަދު އެކަން އިއުލާން ކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ ޓޫރިޒަމާ ގުޅޭ ދެ ވިޔަފާރިއަކަށް އެ ބިންތައް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ ގެސްޓް ހައުސްހަދަން ދޭ ބިމާއި ވިލާ އަދި ސާވިސް ރެސިޑެންސް ހަދަން ދޭ ބިން ބިމެވެ. ގެސްޓް ހައުސް ހަދަން ދޫކުރަން ނިންމާފައިވަނީ 5,000 އަކަފޫޓުގެ ފަސް ބިމާއި 10,000 އަކަފޫޓުގެ ފަސް ބިމެވެ. ވިލާ އަދި ރެސިޑެންސް ހަދަން ދޫކުރަނީ 200,000 އަކަފޫޓުގެ ބިމެކެވެ.

އެ މަޝްރޫއުގެ ބީލަން ފޮތް އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 28 ގެ ނިލަޔަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އާ ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ބީލަން ފޮތުގެ އަގަކީ ގެސްޓް ހައުސް ނަމަ 5،000ރ. އަދި ވިލާ ނަމަ 15،000ރ. އެވެ.

އަމިއްލަ ޚަރަދުގައި ހިންގަން ޖެހޭ މަޝްރޫއުތަކުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ.

ގެސްޓް ހައުސް ހަދާ ބިންތަކަށް ކުރިމަތިލެވޭނީ ދިވެހިންނަށާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށާއި ޕާޓްނާޝިޕްތަކަށް އަދި ލޯކަލް އިންވެސްޓްމަންޓްތަކަށް ކަމަށް ގޮއިދޫ ކައުންސިލުން ބުންޏެވެ. ވިލާ/ސާވިސް ރެސިޑެންސް ހެދުމަށް ދޭ ބިމަށް ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް އެކަނި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ބ. އަތޮޅުގައި އެންމެ ބިން ބޮޑު ރަށް ކަމަށްވާ ގޮއިދު އަކީ މިހާރު ވެސް ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ރަށެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top