ގުދަންތަކުގެ ޑިމާންޑް ވަރަށްބޮޑު. ކައުންސިލަށް ސިހުން؟!

viber_image_2023-06-20_14-12-49-347.jpg

އޭދަފުށީގެ ދިހަ ބިން ބީލަމަށް ހުޅުވާލުމުން މައުލޫމާތު ހޯދަން އައިސް ތިބި މީހުން

14 އަހަރަށްފަހު އޭދަފުށީ އިޖްތިމާއީ ސަރަހައްދުތަކުން ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލި ބިންތަކަށް ޑިމާންޑް ވަރަށް ބޮޑުކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

ކުއްޔަށް ދޫކުރަން ކައުންސިލުން ކަނޑައެޅި 10 ބިމުގެ މައުލޫމާތު ދިނުން އޮތީ މިއަދު މެންދުރު ކުރީގައެވެ. ކައުންސިލުން ހީކުރިގޮތާ ޚިލާފަށް މައުލޫމާތު ސެޝަނަށް އައި މީހުން އަދަދު ގިނަވުމާއި ގުޅިގެން ބައްދަލުވުން ޖެހުނީ މަލްޓިޕާޕަސް ބިލްޑިންގަށް ބަދަލުކުރާށެވެ. ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީޤް ވިދާޅުވީ މިވަރުގެ ޑިމާންޑެއް އޮތްކަމަށް ކުރިން ލަފާ ނުކުރައްވާ ކަމަށާ، ބިމުގެ އަގުތައް މި ދިމާވި ގޮތުން ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

”އާންމުކޮށް ކައުންސިލުން މިފަދަ ޕްރީ ބިޑް މީޓިންގް ތައް ބާއްވަނީ ކައުންސިލް އިދާރާގައި. އެހެންނަމަވެސް މިއަދު މީޓިން އަށް އައި މީހުން އިތުރުވެ ވަގުތުން މީޓިން ޝިފްޓް ކޮއްލަންޖެހުނީ މަލްޓިޕާޕަސް އަށް. ވިއްސަށްވުރެ ގިނަ ބޭފުޅުން މައުލޫމާތު ސެޝަންއަށް ވަޑައިގަތް“ އަލީ ވިދާޅުވިއެވެ.

ކައުންސިލުން ބުނި ގޮތުގައި މިފަހަރު ދިގު މުއްދަތަކަށް އޭދަފުށިން ކުއްޔަށް ދޫކުރާ 10 ބިމަކީ 1200 އަކަފޫޓްގެ 10 ބިމެކެވެ. އެބިންތަކަކީ ދަނާލުގެ ހުޅަނގުން ހަ ބިމާއި ވިލާ ގޭގެ އުތުރުން ތިން ބިމާއި އަދި އުތުރުގެ އާ ދިމާ އުތުރުން އެއް ބިމެވެ. ބިންތައް ކުއްޔަށް ދޫކުރަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ބިންތަން ބޭނުން ކުރެވޭނީ ގުދަނުގެ ގޮތުގައި ކަމަށް ކައުންސިލް އިދަރާގެ އިއުލާންގައި ވެއެވެ.

އިޖްތިމާއީ ސަރަހައްދުން އޭދަފުށިން އެންމެފަހުން ބިން ދޫކުރީ 2009 ވަނައަހަރުއެވެ. އެފަހަރު ބަނދަރުގެ އިރުމަތީ ކޮޅުން 4 ބިމެއް ކުއްޔަށް ދޫކުރީ 15 އަހަރުގެ މުއްދަތަކަށެވެ. ކައުންސިލުން ބުނީ އާ ލޭންޑްޔޫސް ޕްލޭނާއެކު ކުރިޔަށް އޮތް ތަނުގައި އިތުރު ބިންތައް ބީލަމަށް ލާނެކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top