ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އިލްތިމާސްކޮށްފިއެވެ.

މެޓުން މިކަމަށް އިލްތިމާސްކޮށްފައި ވަނީ މޫސުން ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މެޓުން ބުނީ މިއަދު ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި މެދުރާއްޖެ އާއި އުތުރުގެ އެކި ހިސާބަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

”ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ“ މެޓުން ބުނެފައިވެއެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ. ރާއްޖޭގައި އާންމުގޮތެއްގައި ރާޅުގެ އުސްމިން ހުންނަނީ  އެއް ފޫޓާއި ތިން ފޫޓާއި ދެމެދުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top