”ނަމޫނާ އަސްކަރީ އިސް ޚިދުމަތްތެރިންގެ މެޑެލް“ދެއްވައިފި

304659_154d9937-d_-q89zj3awnb3jh9q790qxl35qz8eo82pm0hfz4c06eo.jpg

ސިފައިންގެ ޚިދުމަތުގައި ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވި ހަތަރު ބޭފުޅަކަށްނަމޫނާ އަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑެލް“ ދެއްވައިފި އެވެ.

މިމެޑަލް ލިބިވަޑައިގެންފައި ވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ރިޓަޔަރޑް އަބްދުއްސައްތާރު އާދަމް ( އަންބަރީ އަބްދުއްސައްތާރު) އާއި، ނިޝާން އަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް ރިޓަޔަޑް، މުހައްމަދު ޒާހިރާއި، މޭޖަރ ޖެނެރަލް ރިޓަޔާޑް، މޫސާ އަލީ ޖަލީލާއި، މޭޖަރޖެނެރަލް ރިޓަޔާޑް، އަޙްމަދު ޝިޔާމަށެވެ. 

މިބޭފުޅުންނަށް މިމެޑެލް ދެއްވާފައިވަނީ ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

މިއީ ނަމޫނާ އަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑަލް ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ފަހަރެވެ.

މިމެޑެލް އަކީ ސިފައިންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް  ފޯސް އަށް ދެއްވާފައިވާ ލަފަޔާއެކު އެރުވުމަށް ނިންމަވާފައިވާ މެޑެލް އެކެވެ

މިމެޑަލް އަރުވަނީ، އަސްކަރިއްޔާ ފަޚުރުވެރިވާފަދަ އަޚުލާޤެއް ސިފައިންގެ ޚިދުމަތާއި ވަކިވުމަށް ފަހުވެސް، އުޅުއްވާފައިވާ ބޭފުޅުންނަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top