އީސީ ޝަރީފު ސްޓެލްކޯގެ އެމްޑީ އަކަށް

rx0TPq1PA4T9PbdtavQcQqPYuZWIwuwDQAmiemhj.jpeg

އީސީގެ ކުރީގެ ރައީސް ރައީސް ޝަރީފް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ ވަކިކޮށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ޝަރީފަށް ސްޓެލްކޯގެ އެމްޑީގެ މަގާމު ދީފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާ ބަދަލާއި އެއްގޮތަށް އެބޯޑުން ވަނީ މުގުނީ މަގާމުން ވަކިކޮށް ޝަރީފް އައްޔަން ކޮށްފައިވާކަން ސްޓެލްކޯއަށް ސިޓީއަކުން އަންގާފައިކަމަށް މައުލޫމާތު ލިބެއެވެ. އަދި ސަރުކާރުން ހުށަހެޅި ގޮތަށް އެހެން ކުންފުނިތަކަށް ބަދަލު ގެނައުމުގެ ކަންކަން މާދަމާ ނިންމާނެ ކަމަށް ޕީސީބީއިން ބުނެއެވެ.

ސަރުކާރުގެ ކުންފުނިތަކަށް ރައީސް ސޯލިހު ގެންނަވަން ނިންމާފައިވާ ބަދަލުތަކުގެ ދަށުން ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކޮށްފައިވާ މުޣުނީ ހަމަޖައްސަން ނިންމާފައިވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީގެ ވެރިޔަކަށެވެ.

އީސީގެ ރައީސްކަމުގެ މަގާމުގެ މުއްދަތު ހަމަވެ ޝަރީފް އިސްތިއުފާ ދެއްވި ދުވަސްވަރުގައި ވެސް ސަރުކާރުގެ ސިޔާސީ އިސް މަގާމަކަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނެވެ. އެހެންނަމަވެސް އެ ދުވަސް ވަރު އެއްވެސް ސިޔާސީ މަގާމަކަށް އޭނާ އައްޔަން ކޮށްފައެއް ނުވެއެވެ.

އޭގެ ފަހުން ވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ އައްޔަން ކުރައްވަން ރައީސް ސޯލިހް މަސައްކަތް ކުރެއްވިއެވެ. އަދި އެ ބަދަލު ގެންނަކަން އޭރު ސްޓެލްކޯގެ މުވައްޒަފުންނަށް ވެސް އޮތީ އެނގިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top