ނޭވާހޮޅީގައި ކަރަންފުލެއް ތާށިވި ކުއްޖެއްގެ ފުރާނަ ސަލާމަތްވެއްޖެ!

sf.png

ނޭވާހޮޅީގައި ކަރަންފުލެއް ތާށިވެ ހާލު ސީރިއަސް ވި ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރެވިއްޖެކަމަށް އައިޖީއެމްއެޗްގެ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު، ޑރ.މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ޑރ މުހައްމަދު ވިދާޅުވީ ކަރަންފުލެއް ތާށިވެ ހާލު ސީރިއަސްވި ކުއްޖާއަކީ އުމުރުން އެންމެ ދެއަހަރުގެ ކުއްޖެއް ކަމަށާއި އެކުއްޖާގެ ފުރާނަ ސަލާމަތްކުރެވުނީ ކިރިޔާ ކަމަށެވެ.

ކަރަންފުލަކީ ކުޑަކުދިންނަށް ވަރަށް އާންމުކޮށް ދެވޭ އެއްޗެއް ކަމަށާއި އާންމުކޮށް ވަރަށް ފަސޭހައިން ކުޑަކުއްޖަކު އަމިއްލައަށް ތަނަކުން ނަގައިގެން ވެސް އަނގަޔަށް ލައިފާނެ އެއްޗެއް ކަމަށް އޭނާ ވިދާޅުވ އެވެ.

އަދި ކަރަންފުލަކީ އެއަށް ފެންދަމާ އެއްޗަކަށް ވެފައި އެކުއްޖާގެ ނޭވާލާ ހޮޅީގައި ތާށިވި ކަރަންފޫވެސް އިނީ ފެންދަމާ ފުފިފައި ކަމަށް ޑރ. ވިދާޅުވިއެވެ. އަދި މި ކަރަންފޫ ނެގިފައިވަނީ އުދަނގަލުން ކަމަށާއި ފަރުވާ ދެމުންދިޔަ އިރު ކުއްޖާ ވެންޓިލޭޓަރަށްވެސް ލާންޖެހުނުކަން ފާހަގަކުރެއްވިއެވެ.

ފަރުވާއަށް ފަހު އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި ހާދިސާ ހިއްސާކުރައްވަމުން ޑރ މުހައްމަދު އަލީ ވިދާޅުވީ ކުޑަކުދިންނަށް ކަރަންފޫ ކަހަލަ އެއްޗެތި ނުދިނުމަށެވެ. އަދި ކާއެއްޗެތި އަނގަޔަށްލައިގެން ހީ، ސަކަރާތްޖަހާ ދުވެ އުޅުނަ ނުދިނުމަށް ބެލެވެރިންނަށް އިލްތިމާސް ކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top