އޯގާ ކޭމްޕްގެ ހަރަކާތްތައް، ބ.އަތޮޅުގައި ކުރިއަށް

81f78d7421d3c4b59f104a1c53f65dba.jpeg

ފޮޓޯ : ޕޮލިސް .އެމްވީ

ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަމާއި ދީނީ އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިސްލާމިކްމިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ “އޯގާ ކޭމްޕް”ގެ ހަރަކާތްތައް ބ. އަތޮޅުގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

އެގޮތުން އޭދަފުށީގެ މަސްޖިދު މުއީނުންދީންގައާއި އާއި ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރންނަށް ޚާއްސކޮށް ބ.އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ކޭމްޕްގެ މައިގަނޑު މަގުސަދަކީ، ރަށްރަށުގައިހުރި ދީނީ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމާއި، ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ދީނީ ނަސޭހަތާއި ދަރުސްތައް ދިނުމެވެ.

ބ.އަތޮޅުގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޯގާ ކޭމްޕްގައި ބ. އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، ސްކޫލްތަކުގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން، ސްކޫލްތަކުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޖަމިއްޔާތަކުންނާއި، އަދި ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ސެމިނަރތަކާއި ވޯކްޝޮޕްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ދީނީ ކައުންސިލިން ބޭނުންވާ ފަރާތްތަކަށް، ކައުންސިލިން ދިނުމާއި، ދީނީ މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މިކޭމްޕްގެ ހަރަކާތްތައް އޭދަފުއްޓާއި ހިތާދުއާއި ކަމަދޫގެ އިތުރުން ކެންދޫގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މި ކޭމްޕްގައި މައުލޫމާތު ދެއްވަނީ އައްޝައިޚް އަޙްމަދު މަޢުމޫނާއި އައްޝައިޚް ޙަސަން ތަޢުފީޤް ޢަބްދުއްރަޙްމާނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top