ސްކޫލުގެ ފުރިހަމަ ނިޒާމެއް ނެތް ރަށްރަށުގެ ކުދިންނަށް ހައްލެއް ބޭނުންވޭ : ހިސާން

image_hv34q2FVoh8AY3W.jpg

ސްކޫލުގެ ފުރިހަމަ ނިޒާމެއް ނެތް ރަށްރަށުގެ ކުދިންނަށްވެސް ތައުލީމީ ބިލުން ފޯރުކޮށްދޭނީ ކޮން ހައްލެއްކަން އެނގެން ބޭނުންވާ ކަމަށާ އެއީ އެންމެ ކައިރީގައި އޮންނަ ރަށަށް ތައުލީމު ހާސިލު ކުރުމަށް ދެވޭނެ އިންތިޒާމު ހަމަޖެހުން ކަމަށްވިޔަސް އެކަން ގާނޫނުން އެނގެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ތައުލީމާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގައި ސުކޫލު ނެތް ރަށްރަށާއި އަދި ވަކި ގްރޭޑަކުން މަތިވުމުން ކިޔެވޭނެ ގޮތް ނެތް ރަށްރަށްވެސް ހިމެނޭ ކަމަށާއި އެހެންވީމަ އެ ރަށްރަށުގެ ކުދިންނަށް ވާންވީ ކިހިނެއް ކަން ތައުލީމުގެ ބިލުން އެނގެން ޖެހޭ ކަށެވެ.

އެގޮތުން ފުޅަދޫގައި ގްރޭޑް އަށަކާއި ހަމައަށް ކިޔެވޭއިރު ހަމަ އެ ދާއިރާގެ ފެހެންދޫގައި ސްކޫލެއް ނުހުންނަ ކަމަށް ހިސާން ފާހަގަ ކުރެއްވިއެވެ.

“މި ބިލުގައި މިގޮތަށް ސުކޫލުތައް ނެތް ނުވަތަ އެފަދަ ގްރޭޑްތަކަށް ނުކިޔަވައިދެވޭ ރަށްރަށުގައި އުޅޭ ކުދިންނާ މެދު އަމަލު ކުރާނީ ކޮން ގޮތަކަށް ކަން އެކަށައަޅާފައި ނެތްކަން އަޅުގަނޑު ފާހަގަ ކުރަން.” ހިސާން ވިދާޅުވި އެވެ.

ހިސާން އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ އެއީ ސްކޫލުތައް ނުހުންނަ ރަށްރަށުގައި އަލުން ސްކޫލު ބިނާކުރުންތޯ ނުވަތަ ގްރޭޑް އަށަކާއި ހަމައަށް ކިޔަވައިދޭ ރަށްރަށުގެ ސުކޫލުތައް ގްރޭޑް 10 އަކާއި ހަމައަށް އުފެއްދުންތޯ މިކަންތައްތަކަކީ ސިޔާސަތުތަކެއްގެ ތެރެއިން ނިންމަންޖެހޭ ނިންމުންތަކެއް ކަމަށާއި ރައްޔިތުން ވާނުވާގައި ބައިތިއްބަން ޖެހޭ ޒާތުގެ ކަންތައްތަކެއް ނޫންކަމަށް ވިދާޅުވިއެވެ.

ތައުލީމުގެ ބިލު ކޮމިޓީ މަރުހަލާގައި ދިިރާސާ ކުރަމުން ދާއިރު އެރަށްރަށުގެ ކުދިންނަށްވެސް ހައްލު ލިބިގެންދާނެހެން ބަދަލު ގެނެސް ދިނުމަށް ހިސާން އެދިވަޑައިގެންނެވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top