އޭދަފުށީ ދެވިނަގޭ އައިޝަތު އަލީގެ އާއިލާއިން ޕީޓީއޭއަށް އެއާކޯންތަކެއް ހަދިޔާ ކޮށްފި

DSCN9953.jpg

އޭދަފުށީ ދެވިނަގޭ އަިޝަތު އަލީގެ އާއިލާގެ ފާރާތުން ބއތމ.ގެ ޕީޓީއޭ އަށް 10 އެއާކޯން ހަވާލު ކުރުން --އީވީ ފޮޓޯ

އޭދަފުށީ ދެވިނަގޭ އައިޝަތު އަލީގެ އާއިލާގެ ފަރާތުން، ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕޭރަންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އަށް 24000 ބީޓީޔޫގެ 10 އެއާކޮންޑިޝަން ޔުނިޓް ހަދިޔާކޮށްފި އެވެ.

މިއަދު މެންދުރު ބ.އަތޮޅު ތައުލީމީ މަރުކަޒުގައި މިކަމަށް ޚާއްސަކޮށް އޮތް ރަސްމިއްޔާތެއްގައި މި އެއާކޯން ޔުނިޓްތައް އެ އާއިލާގެ ފަރާތުން ޕީޓީއޭ އާ ހަވާލު ކުރެއްވީ އޭދަފުށީ އަމަން، މުހައްމަދު ނަސީރެވެ. ޕީޓީއޭގެ ފަރާތުން އެއާކޯންތަކާ ހަވާލުވެލެއްވީ ޕީޓީއޭގެ ނައިބު ރައީސް މައިމޫނާ އަބްދުލްޣަފޫރެވެ.

މި ރަސްމިއްޔާތުގައި ޕީޓީއޭގެ ހިންގާ ކޮމެޓީގެ މެންބަރުންނާއި ސްކޫލްގެ ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގަތެވެ.

އެއާކޯންތަކާ ހަވާލުވުމަށްފަހު މައިމޫނާ ވިދާޅުވީ އައިޝަތު އަލީގެ އާއިލާގެ ފަރާތުން ޕީޓީއޭއަށް ވެދެއްވި މި އަގުބޮޑު އެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި އެހީ ނުވަތަ ހަދިޔާ އަކީ މި ވަގުތަށް ސްކޫލަށް ބޭނުން ބޮޑުވެފައިވާ ކަމަކަށް ވާތީ އެއީ ލިބުނު އުފަލެއްކަމަށް އޭނާ ވިދާޅުވި އެވެ.

އެއާކޯން ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ޕީޓީއޭގެ ހިންގާކޮމެޓިގެ ބައެއް މެންބަރުން –އީވި ފޮޓޯ

އައިޝަތު އަލީގެ އާއިލާއަކީ ސްކޫލަށް މީގެ ކުރިންވެސް ގިނަ އެހީތަކެއް ވެދެއްވާފައިވާ އާއިލާއެއްކަން ފާހަގަ ކުރައްވައި މައިމޫނާ ވިދާޅުވީ އުއްމީދު ކުރައްވަނީ ކުރިމަގުގައިވެސް މިއެހީތެރިކަމާއި ގާތްކަމަށް ބަދަލެއްނައިސް ކުރިއަށް ދާނެ ކަމަށެވެ.

“އައިޝަތުއަލީ އާއި އޭނާގެ އާއިލާ އަކީ ކުރިންވެސް ޕީޓީއޭ އަށް އެހީވެދެއްވުމުގައި ވަރަށް ދީލަތި އާއިލާއެއް. އުއްމީދު ކުރަނީ ޕީޓީއޭ އާމެދު އޮތް ގާތްކަމަށް ކުރިމަގުގައިވެސް ބަދަލެއް ނާންނާނެކަމަށް.” މައި ވިދާޅުވި އެވެ.

އާއިޝަތު އަލީގެ އާއިލާއިން މިއަދު ހަދިޔާ ކުރެއްވި 10 ޔުނިޓް އެއާކޯންގެ އަގަކީ މާކެޓްގެ އަގަށް ބަލާއިރު 140،000 ރުފިޔާއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top