ފޮޓޯއިން ހަބަރު: ގޮއިދޫ ދަނޑުތައް ފެންނަނީ ތަޒާކޮށް

final.jpg

ގޮއިދޫ ކަރާ ދަނޑަކަށް އިއްޔެ އެރަށު ދަނޑުވެރިންތަކެއް ފެންޖަހަނީ. މިއަހަރުގެ ރަމަޟާންމަހަށް ގޮއިދޫ ދަނޑޫވެރިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށް އެރަށު ކައުންސިލުން ބުނޭ / އީވީ ފޮޓޯ: ޡާހާ ނިޔާޒު

6 މެއި 2019، ބ. ގޮއިދޫ :- ބ. ގޮއިދޫ ދަނޑުވެރިން ވަނީ މިއަހަރުގެ ރަމަޟާންމަހަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް ގޮއިދޫ ކައުންސިލުން ބުނެއެވެ. ރޯދައަށް ހާއްސަކޮށް ފަންސާހަކަށް ދަނޑު މޭވާއާ ތަރުކާރީން ފައްކާކޮށްފައިވާކަމަށްވެއެވެ. ގޮއިދޫގައި ހުރި އޭދަފުށީ ވޮއިސްގެ ރިޕޯޓަރ ޡާހާ ނިޔާޒު އީވީގެ ކިއުންތެރިންނަށް މިގެނެސްދެނީ ގޮއިދޫ ދަނޑުތަކުގެ އެންމެ ފަހުގެ ހަރަކާތްތައް ފެންނަ ފޮޓޯތަކެކެވެ. ދަނޑުވެރިންނާ ހަވާލާދީ ޡާހާ ބުނަނީ ގޮއިދޫއިން ރޯދަމަސް ނިމެންދެން އަތޮޅަށް ބޭނުންވާ ކަރާއާއި، ތަރުކާރީގެ ބާވަތްތައްކަމުގައިވާ، ކިއުކަންބާ، ބަޓާނާ، ބަށި ފަދަ ތަކެތި ލިބޭނެކަމަށެވެ. އެެހެންނަމަވެސް ގިތެޔޮމިރުސް ރޯދަމަހު ތަދުވާނެކަމަށް އޭނާ ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top