‘ޑރ. ޒިޔާދުގެ ނަސޭހަތް’ މިސަފްހާއަކީ ރޯދަމަހަށް ޚާއްސަކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނަސޭހަތުގެ ބަސްކޮޅެކެވެ. މި މާތް މައްސަރާ ގުޅިގެން ނަފްސު ތާހިރު ކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށްވާތީއެވެ. މިފުރުސަތުގައި މިސަފްހާ ލިޔުއްވަމުންގެންދަވާ އީވީގެ ހާއްސަ އެކުވެރިއެއްކަމަށްވާ ޑރ. އަޙްމަދު ޒިޔާދު އަށް ޝުކުރު ދަންނަވަމެވެ.
عن عُمرَ بنِ الْخطَّابِ رَضِي اللهُ عَنْهُ قالَ: سَمِعْتُ رَسُوْلَ اللهِ z يَقُوْلُ: )إِنَّمَا الْأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللهِ وَرَسُولِهِ فَهِجْرَتُهُ إِلَى اللهِ وَرَسُوْلِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَو امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ .(رواه الْبُخَارِيُّ ومُسْلِم.
މާނަ: މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. ރަސޫލުﷲ ޟައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް (ޖަޒާ ލިބުން) ވަނީ އެމީހަކު ނިޔަތްގަތް ގޮތެއްގެ މައްޗަށެވެ. ފަހެ، ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކޮށްފިމީހާގެ ހިޖުރަވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށެވެ. އަދި ދުނިޔެއަށްޓަކައި ނުވަތަ އަންހެނަކާއި ކައިވެނި ކުރުމަށްޓަކައި ހިޖުރަ ކޮށްފި މީހެއްގެ ހިޖުރަކުރުން ވަނީ އެމީހަކު އެ ހިޖުރަ ކުރި ކަމަކަށެވެ.”
ޙަދީޘް ލިބިގަންނަންވި ފިލާވަޅު
- އަޅުކަން ޤަބޫލް ވެވިގެންވަނީ މާތް ﷲ އަށް ނިޔަތް ޚާލިސް ކުރެވިގެން
- ކޮންމެ އަޅުކަމެއް ފެށުމުގެކުރިން ނިޔަތް ގަތުމަކީ މުހިއްމުކަމެއް
- ކަންދެއްކުމަށް އަޅުކަން ކުރުމަކީ އިސްލާމް ދީނުގަ ޙުއްދަ ކަމެއްނޫން
- ކިބުރުވެރިކަމާ،ޙަސަދަވެރިކަމާ، ނިފާޤުކަމުން ހިތް ސާފުކުރުން
- ޙަލާލު ކަންކަމުގަ މަސައްކަތް ކުރުމަށް ޓަކައި އަމިއްލަ ވަޒަން ދޫކޮށް އެހެން ތަނަކަށް ދިއުމަކީ ޙުއްދަ ކަމެއް
- އިސްލާމް ދިނުގައި ކައިވެންޏަށް ދެވިފައިވާ މުހިއްމުކަން