ޑރ.އަފީފުގެ އިރުޝާދު: ކުޑަކުދިން ޓީީވީއާ އައިޕެޑް ފަދަ ތަކެތި ބޭނުންކުރާއިރު ވަގުތާ މެދު ސަމާލުވެލައްވާ !

3-1.jpg

ކުޑަކުދިން ޓީވީއާއި އައިޕެޑް ފަދަ ތަކެތި ބޭނުން ކުރާ ވަގުތާމެދު ސަމާލުވެލެއްވުމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ. އަފީފު އިލްތިމާސް ކުރައްވައިފިއެވެ.

އިއްޔެ ޑރ. އަފީފު އޭނާގެ ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ  “އެންޓަޓެއިންމަންޓް ސްކްރީން” (ޓީވީ، އައިޕެޑް އަދި ކޮމްޕިއުޓަރު ފަދަ ތަކެތި) ބޭނުންކުރުމުގައި ކުޑަކުދިން ހޭދަކުރާ ވަގުތު ދުވާލެއްގެ މައްޗަށް ގަޑިއިރެއް ނުވަތަ ދެ ގަޑިއިރަށް ވުރެ އިތުރު ނުކުރުމަށެވެ.

ހަމަ އެހެންމެ އުމުރުން ދެ އަހަރު ނުވާ ކުދިން އެފަދަ ތަކެއްޗާ ދުރުގައި ގެންގުޅުމަށްވެސް ޑރ. އަފީފް އިރުޝާދު ދެއްވައިފައިވެއެވެ.

ޓެކްނޮލޮޖީއާއި އިލެކްޓްރޯނިކްސް ދުނިޔެއެއްގައި މިހާރު އެކަން ހުއްޓުވުމަށް ނުވަތަ އެކަމުގައި ހޭދަކުރާ ވަގުތު ކުޑަކުރުވުމަށް މަސައްކަތްކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، “ސްކްރީން ޑިޕެންޑެންސީ ޑިސްއޯޑާ”ގެ ޝިކާރައަކަށް އެކުދިން ވުމުން ސަލާމަތްކުރުމަށް އެއީ މުހިންމު ކަމެއް ކަމަށްވެސް ޑރ. އަފީފް ވިދާޅުވިއެވެ.

މިފަހަކަށް އައިސް އެފަދަ އިލެކްޓްރޯނިކް ގެޖެޓްސް ތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާތީ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފްވެސް ވަނީ އެކަމާމެދު ސަމާލުވުމަށް ބެލެނިވެރިންނަށް އިރުޝާދުދެއްވައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top