ރާއްޖެއިން ބޭރުގައި ވިސާ ޑެބިޓްކާޑު ބޭނުންކުރެވޭލިމިޓް އިތުރުކޮށްފި

medium_51549.jpg

ބޭންކްއޮފް މޯލްޑިވްސްގެ ވިސާ ޑެބިޓްކާޑު ބޭނުންކުރާ ފަރާތްތަކުން ރާއްޖެއިން ބޭރުގައި އުޅުއްވާއިރު ދުވާލަކަށް ނެގޭ ލިމިޓް އެބޭންކުން އިތުރުކޮށްފިއެވެ.

މީގެކުރިން ވިސާ ޑެބިޓްކާޑުން ރާއްޖެއިން ބޭރުގައި ބޭނުންކުރެވެނީ ދުވާލަކަށް 600 ޔޫއެސް ޑޮލަރކަމުގައި ވިޔަސް މިއަދުންފެށިގެން އެއަދަދުވަނީ 1000ޑޮލަރަށް އިތުރުކޮށްފައެވެ.

މި ބަދަލާ ގުޅިގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ދުވާލަކު 400ޑޮލަރާ އެއްވަރަށް ފައިސާ ނެގުމާއެކު ޕީއޯއެސްތަކުން ދުވާލަކަށް 600 ޑޮލަރުގެ ވިޔަފާރިވެސް ކުރެވެއެވެ.

ބީއެމްއެލްއިން ބުނީ މިއީ ކަސްޓަމަރުންގެ ޚިޔާލާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ގެނައި ބަދަލެއްކަމަށާއި ޚާއްސަކޮށް މިދުވަސްވަރު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކަށާއި ބޭރުގައި ކިޔަވަންތިބޭ ކުދިންނަށް ލިބޭނެ އުފާވެރި ޚަބަރަކަށް ވާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top