ގައުމީ ޤުރްއާން މުބާރާތަށް ކިޔެވުމުގެ ރެކޯޑިން ވައިބަރުންވެސް ފޮނުވޭނެ.

DSCN6532.jpg

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތަށް ކިޔެވުމުގެ ރެކޯޑިން ވައިބަރުންވެސް ފޮނުވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މޯބައޮލް ނަންބަރު 7321728 އަށް ވައިބަރު މެދުވެރިކޮށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މި ގޮތަށް ހަމަޖައްސާފައިވަނީ ކިޔެވުމުގެ ރެކޯޑިންގ، ޕޯޓަލްއަށް ހުށައެޅުމުގައި ބައެއް ފަރާތްތަކަށް ދަތިތަކެއް ދިމާވަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުން އަންނާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އިންތިޒާމު ކޮށްގެން ބާއްވާ ”ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020“ އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ހާލަތަށް ބަލައި ވާޗުއަލްކޮށް ގައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްސަ މުބާރާތެކެވެ.

މުބާރާތް ހުޅުވާލާފައިވަނީ މުޖައްވަދުކޮށް (ދިގު ރާގު) އަދި ޙަދަރުކޮށް (ކުރު ރާގު) ކިޔަވާ ގޮތަށެވެ.

މުބާރާތުގެ އޮޑިޝަން އޮންނާނީ 2020 ނޮވެމްބަރ 16 އިން 2020 ނޮވެމްބަރ 28 އާއި ދެމެދުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top