”އެމް7 ސްކޫލް ފޮތްލިސްޓް ޕްރޮމޯ 24“ މިއަހަރުވެސް ފޯރިއާއެކު ކުރިއަށް

WhatsApp-Image-2024-05-03-at-22.39.07_334b8a24.jpg

ބ.އަތޮޅަށް ތަފާތު ދާއިރާތަކުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔާ ވެފައިވާ ބ.ހިތާދޫ ކުރީގެ ކަތީބު އަބްދުއްސައްތާރު އިބްރާހީމްގެ އާއިލާ މަސްލަހަތު އޮންނަ މަޝްހޫރު އެމްސެވަން ގެ ”އެމްސެވަން ސްކޫލް ފޮތް ލިސްޓް ޕްރޮމޯ 24“ މިއަހަރުވެސް ފޯރިއާއެކު ކުރިއަށް ދާކަމަށް އެމް ސެވަން އިން ބުނެފިއެވެ.

”ބެކް ޓު ސްކޫލް” ސީޒަންއަށް ޚާއްސަ ކުރެވިގެން ކުރިއަށް ގެންދާ އެމް، ސެވަންގެ ސްކޫލް ޕްރޮމޯ އަކީ ސްކޫލްތަކުގެ ދަރިވަރުންގެ ވައުޗަރަށް ތަކެތި ދޫކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިހިނގާ މޭ މަހު 25 ގެ ނިޔަލަށެވެ.

އެމް7 ގެ އެމްޑީ. މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ފޮތް ސީޒަން ވެސް ކުރިއަށް ދާއިރު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ތިއްބެވި އެމް ސެވަންގެ އެޖެންޓުން މެދުވެރިކޮށް އެމް ސެވަން އިން ފޯރުކޮށްދެމުން ގެންދާ ކޮލިޓީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމުގައެވެ.

އެމް ސެވަން ގެ އަމާޒަކީ ފެންވަރު ތަކެއްޗާއި ޚިދުމަތް ފަސޭހަ ކަމާއެކު ހެޔޮ އަގެއްގައި ގާތުން ފޯރުކޮށްދިނުން ކަމަށް ސައްތާރު ވިދާޅުވިއެވެ.

ހަމައެހެންމެ ކަސްޓަމަރުން ހިތްހަމަޖެހުމާއި އުފަލާއެކު އެމް ސެވަން ބަލައިގަތުމަކީ އެންމެ ބޮޑު ކާމިޔާބު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

”އެމްސެވަން ގަ އޮންނާނެ އަޅުގަނޑުމެން ފުރިހަމަކުރާނެ ހަތަރު ރުކުން. އެއީ ފެންވަރު ރަނގަޅު ތަކެތި ފޯރުކޮށްދިނުމާއި، ޔަގީންކަމާއެކު ހަލާކުވުމެއް ނެތި ކަސްޓަމަރުންގެ ގާތަށް ތަކެތި ގެންގޮސްދިނުމާއި، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމާއި، ހިނިތުންވުމާއި އެކުވެރިކަމާއެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުން.“ އެމް 7 ހިންގުމުގެ ހުންގާނުގައި 29 އަހަރު ހޭދަކުރައްވަމުން ގެންދަވާ ސައްތާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޫލް ވައުޗަރަށް އެމް ސެވަން ގެ ތަކެތި ހޯދުމަށް މާލެއާއި ރާއްޖެތެރެ ތަފާތެއް ނޯންނާނެ އެވެ.  އެހެނީ މާލެއެކޭ އެއްފަދައިން ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްތަކުގައި އެމް ސެވަން ގެ އެޖެންޓުން ތިއްބަވާނެ އެވެ. އެއީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ގޮތުންކަން އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން ފުރަތަމަ ބަލަނީ ކޮލިޓީއަށް. ފޮތްތަކާއެކު ލިބޭ ކޮންމެ އެއްޗެއްގައިވެސް ކޮލިޓީއާމެދު ސުވާލެއް ނޯންނާނެ . އެ ޔަގީންކަން ދެން. އެމް ސެވަން އަށް މީހުންގެ އިތުބާރު ލިބިފައިވާ ސަބަބަބީވެސް އެއީ ކަމަށް ދެކެނީ.“ ސައްތާރު އިތުރުކޮށްލެއްވި އެވެ.

މި ފަހަރުވެސް ސްކޫލް ސީޒަން ބުކްޕްރޯ ގެ ދަށުން އެމްސެވަން އިން ނަންގަވާ ކޮންމެ ފޮތް ލިސްޓެއް ވެސް ހުންނާނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ޕެކެޖް ކުރެވިފައެވެ.

މީގެ އިތުރުން އެމް 7 އިން ވަނީ އޮންލައިން ކޮށް Voucher Redeem (bitrix24.site) މިލިންކް މެދުވެރިކޮށް ތަކެތި ގަނެވޭނެ އިންތިޒާމްވެސް ހަމަޖައްސައިދީފަ އެވެ.

ސައްތާރު ވިދާޅުވީ ވައުޗަރަށް ތަކެތި ދޫކުރުމުގެއިތުރުން ޕްރީސްކޫލަށާއި ބޭބީނާސަރީ އަށް ބޭނުންވާ ތަކެތިވެސް އެމްސެވަން އިން ލިބެން ހުންނާނެ ކަމުގައެވެ.

އޭދަފުށިން، އެމް ސެވަން ގެ ފޮތްލިސްޓް ލިބިވަޑައިގަންނަވާނީ ”ބީފާނު“ އިންނެވެ. ވައުޗަރާއެކު ވަގުތުން ވަގުތަށް ، އަތުން އަތަށް ރީތިކޮށް ޕެކެޖް ކުރެވިފައިވާ ފޮތް ލިސްޓް ހަމައެހާމެ ރީތި ކޮލިޓީ ދަބަހަކާއެކު ލިބިވަޑައިގަންނަވާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top