ދުސިތު އަށް އައި ދެ ފަތުރުވެރިން ދިވެއްސެއްގެ ފުރާނަ ސަލާމަތް ކޮށްދީފި

large_17148094583329W0.jpg

ދިވެއްސެެއްގެ ފުރާނަ ސަލާމަތް ކުރި ދެ ޓޫރިސްޓުންނާއެކު ބ. އަތޮޅުގެ ޕޮލިސް ކޮމާންޑަރު އަފްރާ އާދަމް-- ފޮޓޯ: ބ. އަތޮޅު ޕޮލިސް

ބ.އަތޮޅުގައި އޮންނަ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުގައި ހަނީމޫނު ހޭދަ ކުރަމުންދިޔަ ޓޫރިސްޓު ދެމަފިރިއަކު މޫދަށް ގެނބެމުންދިޔަ ދިވެއްސެއް ސަލާމަތް ކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ވޯޓާ ވިލާއެއްގެ ޑެކުމަތިން މޫދަށް ވެއްޓިގެންނެވެ.

ޑެކުން އެމުވައްޒަފު މޫދަށް ވެއްޓުމުން އަނިޔާވެ، ގެނބިގެން ގިނައިން ލޮނުވެސް ބޮވިފައި ވެއެވެ. މި ދެ ފަތުރުވެރިން ވަނީ އޭނާ މޫދުން ނަގައި އަވަސް ފަރުވާ ދީފައެވެ.

ބ. އަތޮޅުގެ ފުލުހުންގެ އިދާރާއިން ބުނިގޮތުގައި އެ ދިވެހި މުވައްޒަފު ގެނބެމުން ދަނިކޮށް އޭނާ ސަލާމަތް ކުރީ އެ ރިސޯޓްގައި ހަނީމޫނު ހޭދަ ކުރަމުންދިޔަ ދެ ޓޫރިސްޓުން ކަމަށްވާ ޖޯޑަން ޑެނިއަލް ވެން ޑައިކް އާއި އޭނާގެ އަންހެނުން ޑެނިއެލް ޑި ބްރޫއިން އެވެ.

އެ ކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބ. އަތޮޅުގައި ތިބި އިސް ފުލުހުން ވަނީ އެ ރިސޯޓަށް ގޮސް އެ ދެ ޓޫރިސްޓުންނާ ބައްދަލު ކޮށްފައެވެ. ބ. އަތޮޅުގެ ޕޮލިސް ކޮމާންޑަރު އަފްރާ އާދަމް ވަނީ އެ ދެމަފިރިންނަށް ހަނދާނީ ފިލައެއް ވެސް ދީފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ވެދިން އެހީތެރިކަން ފާހަގަ ކޮށް އެ ދެމަފިރިންނަށާއި އެ މީހުން ޗުއްޓީ ހޭދަ ކުރަމުންދިޔަ ރިސޯޓުގެ މެނޭޖްމަންޓަށް ޝުކުރު އަދާ ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top