ނައިފަރާއި ފެލިވަރަށްދަތުރުކުރި މީހުން ކަރަންޓީންވާން އަންގައިފި

b_kwSTqhcI6dJr1806wxq8UF3pC-1.jpg

ނައިފަރު ބަނދަރު ސަރަހައްދު --- ފޮޓޯ: އެމްޓީސީސީ

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސް އެއް ފެނިގެން މިވަގުތު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ޅ. ނައިފަރާއި ފެލިވަރަށް 10 މާރިޗްގެ ފަހުން ދަތުރުކުރި މީހުން ކަރަންޓީން ވާން އެޗްޕީއޭ އިން އަންގައިފިއެވެ.

މިމަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ އުނގޫފާރަށް ދިޔަ މީހުންގެ ތެރެއިން ނެރި ރެންޑަމް ސާމްޕަލްއަކުން މިދިޔަ އަންގާރަ ދުވަހު އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، ނައިފަރުން ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހުގެ ފަހުން އެެރަށުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތު ސެންޓަރަށް އެންގުން އެދޭ ކަމަށެވެ. ހަމައެއާއެކު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެލިވަރުން ފުރި އެންމެން ވެސް އެގޮތަށް އަމަލުކުރުމަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.

އެޗްޕީއޭ އިން ބުނީ އެ ތާރީހުތަކުގެ ފަހުން ނައިފަރަށް ނުވަތަ ފެލިވަރަށް ގޮސްފައިވާ ފަރާތެއްވާނަމަ، އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް އަންގާ ކަމަށެވެ.

އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލް ނަގަައި ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެޗްޕީއޭ އިން ބުނީ އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top