ރެޑްވޭވުން ރޯދަމަހަށް ފިޔާ އަލުވީގެ އަގު ހެޔޮކޮށްފި، ކިލޯއެއް 10 ރުފިޔާ!

large_147861713226cTSe.jpg

ރެޑްވޭވް ހުޅުމާލެ ފިހާރަ އަދި ކެފޭ ހުންނަ އިމާރާތް---ސަން ފޮޓޯ:

ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ”ރެޑްވޭވް“ ފިހާރަތަކުން ފިޔާ އަދި އަލުވި ވިއްކާ އަގު 10 ރުފިޔާ އަށް ހެޔޮކޮށްފި އެވެ.

ރެޑްވޭވުން ބުނީ ތަކެތީގެ އަގުހެޔޮކުރީ ކޮންމެ އަހަރަކުވެސް ރޯދަމަހު އާންމުންނަށް ވެގެންދާ އުދަނގޫ ހައްލުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މިއަދު ރެޑްވޭވުން އަލުވި އަދި ފިޔާ ކިލޯއެއް ވިއްކަނީ 10 ރުފިޔާއަށެވެ. އަދި ބިހެއް ދޮޅު ރުފިޔާއަށެވެ.

ކޮންމެ އަހަރަކުވެސް ރޯދަ މަސް ކައިރިވާއިރަށް ހާއްސަކޮށް ފިޔާ، ބިސް އަދި އަލުވީގެ އަގު އަބަދުވެސް ބޮޑުވެގެންދެ އެވެ.

ރެޑްވޭވުން ބުނީ އެކުންފުނީގެ އަމާޒަކީ އާންމުންނަށް އެތަކެތި ހެޔޮއަގެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި ކޮންޓްރޯލްކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންޓްރޯލްކޮށްގެން ނަމަވެސް ކަސްޓަމަރުންނަށް ރޯދަމަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ފޯރުކޮށްދިނޭނެ ކަމަށް ވެސް ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top