ކޮވިޑް ފެތުރުން ދަށްވިޔަސް ކޮންޓްރޯލްވާ ސްޕީޑް ދަށް- ޑރ.ޝީނާ .

Eg5_x-dVgAEER1h.jpg

ޑރ.ޝީނާ މޫސާ

ކޮވިޑް19 ފެތުރުން ދަށް ވިޔަސް މި ބަލި ފެތުރުން ކޮންޓްރޯލްވާ ސްޕީޑް ދަށް ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ.ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

އެގޮތަށް ދިމާވަނީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބާ މިންވަރު ދަށްވުމުން ކަމަށާއި، ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަދިވެސް އާއްމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

އެހެންވެ އަދިވެސް މި ތިބީ ރެޑް ޒޯންގައި ކަމަށާ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ވިސްނުމެއް ނެތް ކަމަށްޑރ.ޝީނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން އަދިވެސް ގްރީން ޒޯނަކަށް ނުދޭ. އަދިވެސް ދެތިން ހަފްތާ ވަންދެން ފިޔަވަޅުތަކުގައި ދެމިތިބުން ރަނގަޅު. މިކަން ސަސްޓެއިންކޮށް ކުރިއަށް ގެންދަން. އޭރުން ބަލި ފެތުރޭ މިންވަރު އިތުރަށް ދަށްވެގެން ދާނެ. ރައްކާތެރިއެއް ނޫން ފިޔަވަޅުތައް ނަގާކަށް. ދެތިން ހަފްތާ ވަންދެން އަދި ހިފަހައްޓާލަން އެބަޖެހޭ.” ޑރ.ޝީނާ ވިދާޅުވިއެވެ.

ބަލި ފެތުރުން ކޮންޓްރޯލްވި ކަމަށް ބެލެވޭނީ ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 20 އަށް ދަށްވުމުންކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމުގައި އާއްމުން ދެމިތިބުމުގެ މުހިންމުކަމަށް ޑރ.ޝީނާ ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.

ރައްކާތެރިކަމަށް ނުބަލައިފި ނަމަ އަނެއްކާވެސް ބަލި ފެތުރުން އިތުރުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top