ޑީއައިކަޕް: ސެމީފައިނަލްގައި، ކިހާދޫ-އޭދަފުށި އަދި ގޮއިދޫ-ދޮންފަނު

25975399_10155507628438402_184750109_n.jpg

މިއަދުގެ މެޗަށްފަހު އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް ދޮންފަނުޓީމް ކުޅުންތެރިންނާއި ސަލާމް ކުރައްވަނީ / ފޮޓޯ: އޭދަފުށި ވޮއިސް

މިހާރު ދޮންފަނުގައި ކުރިޔަށްދާ 23 އަހަރުން ދަށުގެ ދޮންފަނު އިންވިޓޭޝަން ކަޕްގެ ސެމީފައިނަލްގައި އޭދަފުއްޓާ، ޗެންޕިއަން ކިހާދޫ އަދި ގޮއިދޫއާ ދޮންފަނު ބައްދަލުކުރަން ޖެހިއްޖެއެވެ.

ސެމީ ފައިނަލްގެ މެޗްތައް ކުޅޭނެގޮތް ޔަގީންވީ މިއަދު މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ދޮންފަނާ އޭދަފުށި ވާދަކޮށް މެޗް ޑްރޯވުމާ ގުޅިގެންނެވެ. މިމެޗް 0-0ން ޑްރޯވިއިރު ދެޓީމުންވެސް ކުޅެފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދޮންފަނު ޓީމްގެ އަހްމަދު އިފްހާމެވެ. މިއަދުގެ މެޗް ބައްލަވާލެއްވުމަށް އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމްވެސް އެރަށަށް ވަޑައިގަތެވެ.

މިއަދުގެ މެޗް ޑްރޯވުމާއެކު އޭދަފުށި ވަނީ 8 ޕޮއިންޓާ ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނައަށް އަރާފައެވެ. ގޮއިދޫވެސް އެއަދަދަށް ޕޮއިންޓް ހޯދިއެވެ. ނަމަވެސް ފައިދާގޯލްގެ ތަފާތުން ދެވަނަ ޓީމްގެ ގޮތުގައި ސެމީގައި ކުޅެންޖެހުނީ 3 ވަނަޓީމް ދޮންފަނާއެވެ. ދޮންފަނުން 5 ޕޮއިންޓް ހޯދިއިރު ކިހާދޫ ސެމީއަށް ދިޔައީ ތާވަލުގެ ހަތަރުވަނަ 4 ޕޮއިންޓާއެކު ހޯދައިގެންނެވެ. މުބާރާތުން ކެޓީ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ދަރަވަންދޫ އެވެ.

ސެމީގެ ފުރަތަމަ މެޗުގައި އޭދަފުއްޓާއި ކިހާދޫ ބައްދަލުކުރާނީ އަންނަ އަންގާރަ ދުވަހު އެވެ. ދެވަނަ ސެމީގައި ބުދަދުވަހު ވާދަކުރާނީ ދެވަނަ ހޯދި ގޮއިދުއާއި ތިންވަނަ ހޯދި ދޮންފަނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top