ރައީސް ، ކެންދޫ ބަނދަރާއި ފެނުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވައިފި

received_10155509803283402.png

25 ޑިސެމްބަރ، ކެންދޫ ރައްޔިތުން ރައިސަށް މަރުހަބާ ދަންނަވަނީ

ރަޢިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބ.އަތޮޅަށް މިއަދު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި  ކެންދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައި ، ފެނުގެ ނިޒާމް ގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

540ފޫޓު ދިގު، 180 ފޫޓު ފުޅާ މި ބަނދަރު ހުޅުއްވައިދެއްވުމާއި ފެނުގެ ނިޒާމުގެ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ގެ އިތުރުން  ކެންދޫ ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

ސުނާމީ ކާރިސާގައި ވަރަށް ބޮޑަށް ހަލާކުވެފައިވާ  ކެންދު ބަނދަރު މަރާމާތު ކުރުމަށް ޖުމްލަ 29.2 މިލިއަން ރުފިޔާ އަށް ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

އަދި ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމައި މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވަނީ އެތަން ބޭނުންކުރަން ފަށައިފައެވެ. މި ބަނދަރުގައި 145 މީޓަރުގެ ބޮޑު ހިލައިގެ ކަނޑު ތޮއްޓެއް ލާފައިވާއިރު ކުރިން ބޭނުން ކުރި ބަނދަރާއި ނެރުން ތިލަވެފައިވާ ސަރަހައްދު 3.5 މީޓަރަށް ވަނީ ފުން ކޮށްފައެވެ.

އަދި މި ސަރުކާރުން ތަރައްގީ ކުރާ އެހެން ބަނދަރުތަކެކޭ އެއްގޮތަށް ކެންދޫ ބަނދަރުގައި ވެސް އެއްގަމު ތޮއްޓާއި އިންވެގެން ޕޭމަންޓެއް ހަދާފައިވާއިރު ނެރު ބައްތި ޖަހައި ބަނދަރު ބައްތިތައް ވަނީ ހަރު ކޮށްފައެވެ.

ކެންދުގައި ފެނުގެ ނިޒާމް ގާއިމް ކުރަން ފެނުގެ ނިޒާމް ގާއިމް ކުރަން ހަވާލުކޮށްފައިވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

އެ ކުންފުންޏަށް މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގެ ދަށުން އާރްއޯ ޕުލާންޓަކާއި 50 ޓަނުގެ ސްޓޯރޭޖް ޓޭންކެއް ކެންދޫގައި ބަހައްޓާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކެންދުއަށްފަހު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭދަފުއްޓަށެވެ. މިއަދު ހަވީރުގެ ވަގުތެއްގައި އޭދަފުއްޓަށް ވަޑައިގަންނަވާއިރު އޭދަފުށިގައި ކުރިޔަށްދާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލެއްވުމާއި ބައެއް މަޝްރޫއުގެ ނިމުމާއި ފެށުން ފާހަގަކުރުން ހިމެނެއެވެ.  ބައެއް މަސްދަރުތަކުން މައުލޫމާތުދޭގޮތުގައި ރައީސްގެ މިދަތުރުފުޅުގައި އޭދަފުށީގައި ތަރައްޤީގެ މަޝްރޫއެއް އިޢްލާންކުރައްވަންވެސް ހަމަޖެހިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top