ރައީސް ޔާމީން އޭދަފުއްޓަށް ވަަޑައިގެންފި

DSCN0650.jpg

25 ޑިސެމްބަރ - ރަޢިސް އޭދަފުށީ ރައްޔިތުންނާ ސަލާން ކުރައްވަނީ ފޮޓޯ : އީވީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގެންފިއެވެ. އެމަނިކުފާނު އޭދަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވަނީ ރައްޔިތުންގެ ގިނަބަޔަކު ބަނދަރު މައްޗަށް ހާޒިރުވެފައެވެ.

މި ދަތުރުފުޅުގައި ރައީސްވަނީ  އޭދަފުށީގެ ބިންހިއްކުން ނިމުމުގެ ރަސްމިއްޔާތާއި އޭދަފުށީގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މީގެކުރިން އެމަނިކުފާނަށް އަމާޒުވާ އެންމެ ބޮޑު އެއް ކަމަކީ އެމަނިކުފާނަކީ މި ގައުމުގެ ބޮޑު މުއްސަންޖެއް ކަމަށާއި އެއީ ނާޖާއިޒް ގޮތުގައި ހޯދާފައިވާ ފައިސާ ކަމަށެވެ. ނަމަވެސް މުއްސަނދި ވެފައިވަނީ ﷲ ދެއްވި ރިޒްގުގެ ސަބަބުން ކަމަށާ  އެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ހޯދާފައިވާ ފައިސާ ކަމުގައިވާނަމަ އެ މައްސަލަ ބަލަން ކުރީގެ ސަރުކާރަކަށް ފުރުސަތު ލިބުނު ކަމަށެވެ. އެ މައްސަލަ ބަލަން  ބޭރުގެ ކޮންސަލްޓަންޓުންވެސް  ވެސް ގެނައި ކަމަށާ އަދި އެކަމުގައި ލިބިދާނެ ފައިސާއަށްވުރެ ބޮޑަށް އޭރުގެ ސަރުކާރުން އެކަމަށް ހޭދަ ކުރި ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަމުން ، ދިވެހި ރާއްޖޭގެ މުސްތަގުބަލާމެދު ނާއުންމީދުވާ މީހުންނާއެކު ކުރިއަށް ދިއުމަށް ޖާގަ ނުދިނުމަށް އެދިވަޑައިގެންނެވިއެވެ.

“އަޅުގަނޑު ދަންނަވާނަން، ދިވެހި ރާއްޖޭގެ މުސްތަގުބަލާ ދޭތެރޭގައި ނާއުންމީދު ނުވާށޭ. މުސްތަގުބަލާދޭ ތެރޭގައި ނާއުންމީދު ވާހަކަ ދައްކަވާ މީހުން ކަމުގައިވާނަމަ ރައްޔިތުން ގޮވައިގެން ހިނގަން ޖާގަ ނުދެއްވާ. ރާއްޖޭގައި ކުރެވޭނެ ކަންކަން އެބަހުރިކަން އަޅުގަނޑުމެން ގަބޫލު ކުރަން އެބަ ޖެހޭ. އެހެންވީމަ ކޮންމެ ދުވަހަކީ ހެނދުނު ހޭލާއިރު ވިއްސާރަވެގެން ކަމެއް ނުކުރެވޭ ވަރުގެ ދުވަހެއް ކަމުގައި އިންތިޒާރު ކުރާ ބައެއްގެ، މުސްތަގްބަލެއް ނެތް ފިއުޗާއެއް ނެތް، ދިރުމެއް ނެތް.” ރައީސް ވިދާޅުވިއެވެ.

 

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ހުރިހާ ފިކުރެއްގެ މީހުންނާއެކު ވެސް މަސައްކަތް ކުރައްވަން މަސައްކަތް ކުރެއްވި ކަމަށާ ކުރިއަށް އޮތްތާ ވެސް އެމަނިކުފާނަށް ހުރިހާ ފިކުރެއްގެ މީހުންނާއެކު މަސައްކަތް ކުރެއްވޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު “ކަފުންނަށްލާ ކަފުން ކުރަންދެން” ނުހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް، އުތުރުގެ ތިން އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަން ހަމަޖެހިފައިވާ މި ދަތުރުފުޅުގެ ފަހު މަންޒިލަކީ ބ.ތުޅާދޫއެވެ. ތުޅާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top