ނޮވެލްޓީ އަލީ ހުސޭން އަވަހާރަވެއްޖެ

m_wZSnJYK5sUYlBHRPXaQjCIrF6.jpg

މަޝްހޫރު ނޮވެލްޓީގެ އުފެއްދުންތެރިޔާ އަދި ރާއްޖޭގައި ޗާޕްގެ ޚިދުމަތް އެންމެ މިހާރުގެ ފެންވަރަށް ތަރައްގީ ކުރެއްވި ނޮވެލްޓީގެ ބާނީ ، މ.ވާރޭވިލާ އަލީ ހުސޭން 82، އަވަހާރަވެއްޖެ އެވެ.

އަލީ ހުސައިން އަކީ ދިވެހިންނަށް ބޭނުންވާ އެކި ދާއިރާތަކުގެ ފޮތް ޚާއްސަކޮށް ގިނަ އަދަދެއްގެ ފޮތް ހާއްސަކޮށް ތާރީޚާގުޅޭ ގިނަ ފޮތްތަކަކާއި ގެއްލި ނެތެމުންދިޔަ ކުރީގެ ފޮތްތަކުގައި “ފުރާނަ ” އަޅުއްވައި ދިނުމުގެ ޚިދުމަތް އަމިއްލަފުޅު ޚަރަދުގައިކޮށްދެއްވި ތާރީޚީ އިލްމްވެރި އެެއްވެސް މެ އެވެ.

އަލީ ހުސައިން، ޗާޕުކުރުމުގެ ދާއިރާއަށް ވެންނެވީ މީގެ 50 ވަރަކަށް އަހަރު ކުރިންނެވެ.

އަލީ ހުސައިން ސަރުކާރަށްވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ސަރުކާރުގެ ޚިދުމަތް ފެއްޓެވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. ރައީސް ނާސިރުގެ ވެރިކަމުގައި އޭނާ ވަނީ ސެކްރެޓަރީއެއްގެ ގޮތުން ރައީސް އޮފީހުގައި އަހަރުތަކެއް ހޭދަކުރައްވާފައެވެ. އެކަމަކު ޕެންޝަން ވެސް ލިބެން ކައިރިވެފައި އޮއްވާ އިސްތިއުފާ ދެއްވާފައި، ޗާޕުހާނާއެއް ހުޅުއްވައި އެދާއިރާގައި ކުރިއަށް ވަޑައިގެން ރާއްޖޭގައި އޮފްސެޓްޗާޕް ތައާރަފް ކޮށްދެއްވިއެވެ.

އޭނާ އަށް ވަނީ 2003ވަނަ އަހަރު ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް ތަރައްޤީކުރުމުގެ ދާއިރާއިން 2003ވަނަ އަހަރު އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމާއި މިނިވަން 25 ގެ އިނާމް ވެސް ލިބިވަޑައިގެންފަ އެވެ.

އަލީ ހުސޭނަކީ ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްއަމީރު މުހައްމަދު އަމީނުގެ ދައުރުގައި ރާއްޖޭގެ ފުރަތަމަ ބޯރޑިންގ ނުވަތަ ދާރުލްއިގާމޭގެ ނަމުގައި ހުޅުވުނު ބޯޑިންގއަށް އަތޮޅު ތެރެއިން ކުދިން ގެނެވުނު އިރު މުލަކު އަތޮޅުން ގެނެވުނު ކުދިންގެ ތެރޭގައި ހިމެނުނު ކުއްޖެކެވެ.

މާތް ﷲ އަލީހުސޭނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި ! އާމީން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top