ފުށިފަންނު ޕާކް ރަށުކައުންސިލާ ހަވާލުކޮށްފި

23949422_10155427376498402_139832029_o-800x450-800x450.jpg

ފުށިފަންނު ޕާކުގައި ކުދިންތަކެއް ކުޅެނީ. / ފޮޓޯ: އޭދަފުށީ ވޮއިސް

އޭދަފުށީދެ ދެކުނު ފަރާތުގައި އަމިއްލަ ފަރާތަކުން ތައްޔާރުކޮށްފައިވާ “ފުށި ފަންނު” ޕާކް ރަށު ކައުންސިލާ ހަވާލު ކޮށްފިއެވެ.

2017 ވަނަ އަހަރުގެ ޑިސެމްބަރމަހު ހުޅުވި މި ޕާކް ވޭތުވެދިޔަ ތަނުގައި ބަލަހައްޓަމުން އައީ ޕާކް ތަރައްގީ ކުރިފަރާތުންނެވެ. ނަމަވެސް ރަށު ކައުންސިލާ ހަވާލު ކުރީ މިހާރަށްވުރެ ރަނގަޅަށް ޕާކްގެ ކަންކަން ބެލެހެއްޓޭނީ ރަށު ކައުންސިލާ ހަވާލުކޮށްގެން ކަމަށް ގަބޫލު ކުރެވޭތީ ކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ.

8000 އަކަފޫޓުގެ މި ޕާކަކީ ކުޑަކުދިންނަށް ޚާއްސަ ޕާކެއް ނަމަވެސް މި ޕާކް ތަރައްގީ ކޮށްފައިވަނީ ބޮޑެތި މީހުންނަށް ކަސްރަތު ކުރެވޭނެ ގޮތާއި ދުވާ ޓްރެކެއް ވެސް ހިމަނައިގެންނެވެ.

”ފުށިފަންނު ”ޕާކުގެ އިތުރުން އޭދަފުށީ އުތުރުފަރާތު ބަނދަރު ސަރަހައްދުގައިވެސް އަމިއްލަ ފަރާތަކުން ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭދަފުށީ ކައުންސިލުން ބުނީ އެޕކްގެ މަސައްކަތް އަދި ނުނިމޭ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top