ވެލާ ސްޕޯޓްސް އިން މޫދުގައި އުދޯއްޔެއް އެލުވަނީ .

EYDHAFUSHI-1.jpg

އޭދަފުށީގެ ޒުވާނުން ކޮޅެއް ގުޅިގެން ހިންގަމުން އަންނަ ވެލާސްޕޯޓްސް ކްލަބް، މީގެ ކުރިން މަޝްހޫރު ވެފައިވަނީ ކުޅިވަރުގެ ކާމިޔާބު ކްލަބެއްގެ ގޮތުގައެވ. އެހެންނަމަވެސް ކުޅިވަރުގެ އިތުރުން އެކްލަބްގެ އަމާޒު އޭދަފުށީގެ އިޖްތިމާއީ ހަރަކާތްތަކާ ދިމާއަށް ދީލައިލައިފިއެވެ. އޭގެ ތެރެއިންވެސް އާ ކަންތައްތަކެއް ތައާރަފް ކުރުމަށެވެ.

މިގޮތުން އެކްލަބްގެ ފަރާތުން އޭދަފުށީގައި މުޅިން އަލަށް، މޫދުގައި އުދޯއްޔެއް އެލުވުމުގެ މަސައްކަތް ފަށައިގެން މިހާރު އެބަ ކުރިއަށް ގެންދެއެވެ.

އޭދަފުށީގައި ހުންނަ ދިރާގު އިމާރާތާ ދިމާ މޫދުގައި މި އުނދޯލި އެލުވުމުގެ ބޭނުމެއްކަމަށް އެ ކްލަބުން ބުނަނީ އެ އެދިމާލުގެ މޫދަކީ ގިނަބަޔަކު މޫދަށް އެރި އުޅޭ ސަރަހައްދެއްކަމަށް ވާތީ ހުރިހާ އުމުރެއްގެ މީހުން މޫދަށް އެރެން ޝައުގުވެރި ކުރުވުމުގެ ގޮތުން ކުރި ކަމެއް ކަމުގައެވެ. އަދި މިސަރަހައްދަކީ ގިނަ ބަޔަކު ހިތްފަސޭހަ ކޮށްލަން ހަވީރުވެސް ގޮސް އުޅޭ ހިސާބަކަށްވެފައި މި އުދޯލީގެ ސަބަބުން މޫދަށް އެރިއުޅޭ މީހުންނަށް މަޖާކަމަކަށް ވެފައި ފަސޭހަތަކެއް ލިބިގެން ދާނެ ކަމެއްކަން އެ ކްލަބުން އުއްމީދު ކުރެއެވެ.

“މި މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްގެ ހުއްދައާވެސް އެކު އެކްލަބްގެ މެންބަރުންނާއި ކްލަބަށް ހެޔޮ އެދޭ އޭދަފުށީގެ ބައެއް މީހުންގެ ނުހަނު ބޮޑެތި އެހީތެރި ކަމާއެކުގައި.” ވެލާސްޕޯޓްސް ކްލަބްގެމީޑިއާ ކޯޑިނޭޓަރު އާޒިމް އަބްދުއްސައްތާރު ވިދާޅުވިއެވެ.

އުނދޯލީގެ ފެންވަރާބެހޭ ގޮތުން އެކްލަބުން ބުނަނީ އުނދޯލި ތައްޔާރު ކުރަނީ ދިގު މުއްދަތަށް ބަލައިގެން ފެންވަރު ރަނގަޅަށް ކަމަށެވެ.

“އުނދޯލީގެ ބުޑު މިހަދަނީ ރިސޯޓު ތަކުގެ ވޯޓަރު ވިލާތަކުގެ ބުޑުހަދާ މިންގަނޑަށް ބަލައިގެން ދިގު މުއްދަތަކަށް ހަލާކުނުވެ ހުންނާނެ ގޮތަށް. އެހެންވީމާ ފެންވަރާމެދު ސުވާލެއް ނެތް.” އާޒިމް އިތުރު ކޮށްލި އެވެ.

އޭދަފުށީގެ ވަށައިގެން އޮންނަ އަތިރިމައްޗާއި މޫދަކީ މިބާވަތުގެ ކިތަންމެ ކަމެއް ކުރެވެން ހުރި ތަނެއްކަމަށް ވިޔަސް މިފަދަ ކަމެއްކުރުމަށް ވެލާ ސްޕޯޓްސް ކްލަބް އިސްނެގުމަކީ އޭދަފުށީގައި ހިންގަމުން އަންނަ އެހެން ކްލަބް/ޖަމިއްޔާތަކަށް ދެއްކި ނަމޫނާއެއްކަމަށް ބެލެވިދާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top