ވަރުން ދަވަން, ސޮނެވާ ގައި

7849a254-3359-41df-909e-cf6bb2679513.jpeg

ވަރުން ދަވަން،ސޮނެވާ ގައި

މަޝްހޫރު ހިންދީ ފިލްމް އެކްޓަރު ވަރުން ދަވަން ރާއްޖޭގެ ސޮނެވާގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް އޭނާގެ އިންސްޓްގްރާމް ގައި ބުނެފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ވަރުން މިަގުތު އުޅެނީ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރާށެވެ.

ވަރުން ވަނީ އޭނާގެ އިންސްޓަގުރަމްގައި ރާއްޖޭގެ ރިސޯޓެއްގެ ޕޫލްގައި ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. އެ ފޮޓޯގައި ޓެގްކޮށްފައިވަނީ ސޮނެވާގެ އިންސްޓަގްރަމް އެކައުންޓެވެ. ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާ އިން ރާއްޖޭގައި ހިންގާ ކޮން ރިސޯޓެއްގައި ކަމެއް އަދި އޭނާ ރާއްޖެ އައިސްފައިނީ ކޮންއިރަކު ކަމެއް އަދި ނޭނގެ އެވެ.

މީގެ ދެ އަހަރު ކުރިންވެސް ވަރުން ވަނީ އާ އަހަރު ފާހަގަކުރަން ރާއްޖެ އައިސްފަ އެވެ. އެފަހަރު އޭނާ އައީ ލޯބިވެރިޔާ ނަތާޝާއާ ވެސް އެކުގަ އެވެ.

ދާދި ފަހުން މޯނީ ރޯއީ އާއި ތާޕްސީ ޕަންނޫ ވެސް ވަނީ ސޮނެވާފުއްޓަށް އައިސްފަ އެވެ. ސޯޝަލް މީޑިއާ ގައި އެމީހުން އަޕްލޯޑްކުރި ރާއްޖޭގެ ރީތިކަމުގެ ފޮޓޯތަކުގެ ޖާދޫގައި ޖެހި އެންމެ ފަހުން ރާއްޖެ އައިސްފައި މިވަނީ 33 އަހަރުގެ އެކްޓަރު ވަރުން ދަވަން އެވެ.

ބޮލީވުޑުގެ ރީތި ފިލްމުތަކެއް ކުޅެފައިވާ ވަރުން ދަވަން އެންމެ ފަހުން ފެނިފައިވަނީ ފިލްމް ސްޓްރީޓް ޑާންސާ ތްރީޑީ އިންނެވެ.

އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ “ކޫލީ ނަންބަރު 1” އިންނެވެ. މި ފިލްމުގައި ވަރުން ދަވަންގެ އިތުރުން ދެން ފެނިގެންދާނީ ސާރާ އަލީ ޚާންއެވެ. މި ފިލްމަކީ 1995 ގައި ވަރުން ދަވަންގެ ބައްޕަގެ ފިލްމެއްގެ ރިމާކް އެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top