އަތޮޅު ފިހާރަ ކުލި ކައުންސިލްތަކަށް ނުލިބޭތީ ބ.އަތޮޅު ކައުންސިލުގެ ކަންބޮޑުވުން

big_FjgkimOPYXufK1yIZuYtYzQzg.jpg

އަތޮޅު ފިހާރަތަކުގެ ކުލި ނުލިބޭ މައްސަލައިގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުއްޓަށް ރޭ ވަޑައިގެން މާޅޮސްމަޑުލު ދެކުނުބުރީގެ ތަރައްގީގެ އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން ބ.އަތޮޅު ކައުންސިލާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެކައުންސިލުން ވަނީ އަތޮޅުފިހާރަތަކުގެ ކުލި ނުލިބޭ މައްސަލައިގާ ކަންބޮޑުވުން ފާޅުކުރައްވައި އެކަން ރައީސްގެ ސަމާލު ކަމަށް ގެންނަވާފަ އެވެ.

މީގެ އިތުރުން ބަޔޮސްފިޔަރ ރިޒާވް އާއި ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގައި އަތޮޅު ކައުންސިލުގެ ދައުރު އޮންނަ ގޮތަށް ހަމަޖައްސަން ބޭނުންވާ ކަމަށާއި އަތޮޅުގައި އެކިކަންކަމަށް ދޫކޮށްފައިވާ ރަށްތަކުގެ މައިލޫމާތު އަތޮޅު ކައުންސިލާ ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ގެދޮރު އިމާރާތްކުރުމަށް ލޯނު ހަމަޖައްސައިދިނުމާއި ފެރީނިޒާމު ގާއިމުކުރުމާއި އަތޮޅުގައި ކުނިމެނޭޖުކުރުމާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަތޮޅު ކައުންސިލުން ކުރަމުންގެންދާ ބައެއް މަސައްކަތްތައް ވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ބައްލަވާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top