އެންމެކުޑަ އުޖޫރައާ މެދު ހިތްހަމަނުޖެހިގެން ބައެއް ރިސޯޓުތައް އިހުތިޖާޖަށް

317184_3_ef085135b30c1bbcbf545baac4989a7c745e50df_large.jpg

ސަރުކާރުން ކަނޑައެޅި އެންމެ ކުޑައުޖޫރައާއި މެދު ހިތްހަމަނުޖެހިގެން ބައެއްރިސޯޓުތަކުގެ މުވައްޒަފުން އިހުތޖާޖު ކުރަން ފަށައިފިއެވެ.

އެގޮތުން ބ އަތޮޅުގައި ހިންގާ ދެ ރިސޯޓެއްގެ މުވައްޒަފުން ރޭ ވަނީ އިހުތިޖާޖު ކޮށްފައެވެ.

މުއްދޫގައި ހިންގާ ދުސިތު ތާނީ އާއި މިރިޔަންދޫގައި ހިންގާ މެރިއޮޓް ވެސްޓިން ގެ މުވައްޒަފުން ރޭ ހިތްހަމަނުޖެހުމުގެ ޝުއޫރުތައް ފާޅުކޮށް އެމީހުން ހިފައިގެން ތިބި ބައެއް ޕޯސްޓަރުތަކުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިސްތިއުފާއަށް ގޮވާލާފައިވެ އެވެ. އަދި ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައެޅި އަދަދަށް ވުރެ ބޮޑަށް ފައްޔާޒު މިިނިމަމް ވޭޖް ކުޑަކުރެއްވުމުން އެކަމުގެ ކަންބޮޑުވުންތައް ވެސް ފާޅުކޮށްފައިވެ އެވެ.

ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ވައުދުވި ގޮތަށް މިނިމަމް ވޭޖް 10،000ރ. އަށް ބޮޑު ނުވުމެވެ.

ރިސޯޓު މުވައްޒަފުންގެ ޖަމިއްޔާ ޓީމުން ބުނީ މިރޭވެސް އިތުރު ރިސޯޓުތަކުން ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކުރާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top