ބަނގުރާފުޅި ތަކަކާއެކު ތުޅާދޫން މީހަކު ހައްޔަރުކޮށްފި

Thulhaadhoo-Banguraa.jpg

ތުޅާދޫއިން ހައްޔަރުކުރި މީހާ ބަލައިފާސްކުރިއިރު ފެނުނު ބަނގުރާ ފުޅިތައް --ފޮޓޯ :ޕޮލިސްލައިފް

ބަނގުރާ ފުޅިތަކަކާއެކު ބ.ތުޅާދޫން މީހަކު ހައްޔަރު ކޮށްފިއެވެ. އުމުރުން 20 އަހަރުގެ މިމީހާ ހައްޔަރުކޮށްފައިވަނީ ބ.ތުޅާދޫގައި މަސައކަތް ކުރާ ފުލުހިން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިމީހާ ހައްޔަރުކޮށްފައިވަނީ ބ. އަތޮޅުގައި އޮންނަ ރިސޯޓަކުން ތުޅާދޫއަށް އައި ތަނުން ޖެނުއަރީ 7 ވަނަ ދުވަހުގެރޭ 10:00 ހާއިރުއެވެ. މިމީހާ ހުއްޓުވައި ތުޅާދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ސޯޓުތެރެއަށް ޖަހާފައިވަނިކޮށް ބަނގުރާ ދެ ފުޅި ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ތުޅާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top