ހިތުހުރި ގޮތަކަށް މަގާމުތަކަށް މީހުން ނުވެއްދޭނެ. އެއީ ކޮރަޕްޝަން

Capture-3.png

ހިތުހުރި ގޮތަކަށް މަގާމުތަކަށް މީހުން ވެއްދުމަކީ ކޮރަޕްޝަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވެފައިވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭ އުސޫލުން ރޭ ބޭއްވި ޖަލްސާގަ އެވެ.

ޔާމީން ވިދާޅުވީ ކުންފުންޏަކަށް ވެސް ހިތުހުރި ގޮތަކަށް މީހުން ނުވެއްދޭނެ ކަމަށާއި އެ ތަންތަނަށް ވައްދަން ޖެހޭނީ އެންމެ ހައްގު މީހުން ކަމަށެވެ. އެ އުސޫލުން ބޭރުން މަގާމުތައް ދިނުމަކީ ސީދާ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

“ސަރުކާރުގެ ސިޔާސީ މަގާމަށް މީހުން ވައްދާ. އެޔަކަށް އެއްޗެއް ނުބުނެ ވިދާނެ. ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އެކަން އޮންނަނީ އެގޮތަށް،” ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ ދައުލަތުން ގެންގުޅެނީ ރައްޔިތުންގެ ފައިސާ ކަމަށާއި ހިތުހުރި ގޮތަކަށް އެ ފައިސާ ނުބެހޭނެ ކަމަށެވެ. އެއީ ކޮރަޕްޝަންގެ އަމަލުތައް ކަމަށާއި އެކަމަކު މިފަދަ އަމަލުތައް ބަލާނެ މުއައްސަސާއެއް ވެސް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންއެފްގެ ކެންޑިޑޭޓުން ނިކުންނާނީ “ރައްޔިތުންގެ ބާރު ކަށަވަރު ކުރުން” ޝިއާރުގެ ދަށުން ކަމަށެވެ.

ތަންތަން ޒިންމާދާރު ކުރުވާ ވާހަކައަކީ ގަބޫލުކުރައްވާ ވާހަކަތަކެއް ނޫން ކަމަށްވެސް ވިދާޅުވެ ކޮންމެ މަޖިލީހެއް ވެސް އިންތިހާބު ވަނީ ޒިންމާދާރު ކުރުމުގެ ނިޔަތުގައި ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުކުރާ ކަމަށް ޔާމީން ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top