ބާރަށު އަންހެނުން ކޮމެޓީން ރައީސަށް ދެންނެވީ މުސާރަ ބޮޑުކޮށް ދިނުމަށް

I25f4kAUaI360JWYfotE79aBmDpFD8lgmdDsJIcB-1.webp

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އުތުރުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި މިއަދު ހއ. ބާރަށަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުމުގެ ތެރޭގައި އަންހެނުން ކޮމިޓީގެ މުސާރަ ބޮޑުކޮށްދިނުމަށް ދަންނަވައިފިއެވެ.

ރަށު ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުން އޮތީ ބާރަށު ކައުންސިލް އިދާރާގައެވެ.

މި ބައްދަލު ކުރެއްވުމުގައި ބާރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކަނބަލުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން އަންހެނުން ކޮމިޓީގެ މެންބަރުންނަށް ލިބޭ މުސާރަ އިތުރުކޮށް ދެއްވުމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ބަޖެޓުގެ ދަތިކަން ފާހަގަކޮށް، ރަށުގައި އަންހެން ކަނބަލުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައިދެއްވުމަށް އެކަނބަލުން ރައީސް އަރުހުގައި ދެންނެވި އެވެ.

ބާރަށު ކައުންސިލުން ވަނީ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ރަށުގައި ހުރި ތާރީޚީ އަދި އާސާރީ ތަންތަން ދެމެހެއްޓުމަށް މަސައްކަތް ކޮށްދެއްވުމަށާއި ޒުވާނުންނަށް ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމަށް ބޭނުންވާ ކަމުގައި ފާހަގަ ކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ރަނގަޅު ނަތީޖާއެއް ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top