”ފްރެންޑްލީ ޔޫތުކަޕް 2017″ ހުސްސޮގުން ކާމިޔާބު ކޮށްފި

cham.jpg

ހުސްސޮގުން ޓީމް ޗެމްޕިއަންކަން ލިބުމުގެ އުފާ ފާޅުކުރަނީ - ފޮޓޯ : އީވި

ފްރެންޑްލީ ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ” ހުސްސޮގުން ” ހޯދައިފިއެވެ. ފައިނަލްގައި ވެލާ ސޓީއާ ދެކޮޅަށް މިއަދު ހަވީރު އޭދަފުށީ ރަސްމީ ދަނޑުގައި ކުޅުނު މިމެޗް ހުސްސޮގުން ކާމިޔާބުކުރީ 2-1 ން ވެލާސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗް ފެށިތާ ތިން މިނިޓްވެސް ނުވަނީސް ވެލާ ސިޓީގެ އަބްދުއްސަލާމް ލަނޑުޖަހައި ލީޑް ނަގާފައިވަނިކޮށް ފުރަތަމަ ހާފް ނިމެން ވަގުތުކޮޅަކަށް ވެފައި އޮއްވާ ހުސްސޮނގުން ވަނީ އެޓީމަށް ލިބުނު ހިލޭ ޖެހުމުގެ ބޭނުން ވަރަށް ފުރިހަމަ އަށް ހިފައިގެން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޝާހީ މޫސާއެވެ.

ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އިތުރު ލަނޑެއް ޖަހައިގެން ނަތީޖާ ބަދަލުކޮށްލީ ހުސްސޮގުން ގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމޮންޑް މަންސާރީއެވެ.

ފަހު ހާފުގައި ވެލާ ސިޓީއަށް ސްކޯ ކުރާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭނުން ހިފޭ ގޮތް ނުވިކަން ފާހަގަ ކުރެވުނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ހޯދާފައިވަނީ ހުސްސޮގުން ޓީމުގެ އަހްމަދު ހުމައިދުއެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވާފައިވަނީ ވެލާ ސިޓީގެ އަހުމަދު ޔަމާންއެވެ.  އެންމެ މޮޅު ފޯވާޑްގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ހުސްސޮގުން ޓީމުގެ އަބްދުއް ސަލާމް ހާމިދެވެ.  އެންމެ މޮޅު ކީޕަރަކީ ވެލާ ސިޓީގެ ގޯލް ކީޕަރ އިބްރާހިމް ޔޫސުފްއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ވެލާސިޓީގެ އަހުމަދު ޔަމާންއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ބެންކޮކް ދެކޮޅު ޓިކެޓާއި ޗެމްޕިއަން ޓީމަށް 75،0000 ރުފިޔާ ގެ އިތުރުން ރަނަރަޕް ޓީމަށް 10،000 ވަނީހަވާލުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top