ނައިބު ރައީސް ބ.އަތޮޅު ހޮސްޕިޓަލަށާއި އަމާން ވެއްޓަށް ވަޑައިގެންފި

big_ojo4huVLtzpS0uUnUApVW6H8I.jpg

ނައިބުރައީސް ބ.އަތޯޅު ހޮސްޕިޓަލުގައި ---ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމު ބ. އޭދަފުއްޓަށް ވަޑައިގެން ބ. އަތޮޅު ހޮސްޕިޓަލާއި އަމާން ވެށީގެ ހާލަތު ބައްލަވައިިފި އެވެ.

ނައިބުރައީސް އޭދަފުއްޓަށް ވަޑައިގަތީ ބ. ދަރަވަންދޫގައި ކުރިއަށްދިޔަ އަޟްހާ އީދުގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

އޭދަފުއްޓަށް ވަޑައިގެން ޖެންޑާ މިނިސްޓްރީގެ ފެމެލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރުގެ ދަށުން ހިންގަމުން ގެންދާ އަމާން ވެއްޓަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި އަމާން ވެށީގައި ތިބޭ ކުދިންގެ ހާލު ބައްލަވާ އެކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރެއްވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ނައިބް ރައީސް ވަނީ އެތަނުގައި އަލަށް ހަދާފައިވާ ޑައިލެސިސް ޔުނިޓް ބައްލަވާލެއްވުމަށްފަހު އެތަނުގައި ހިދުމަތް ދިނުމަށް ހުރި ދަތިތައް އޮޅުންފިލުއްވާފަ އެވެ.

އޭދަފުްޓަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އޭދަފުށި ކައުންސިލާ ވެސް ބައްދަލުކުރައްވައި ހާލަތު އޮޅުން ފިލުއްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top