ވާހަކައެއް ލިޔެގެން 25000 ރުފިޔާ ހޯދަމާ !

big_2tSnW5hmNLSsCORiHPFrL28EG.jpg

ލިޔުންތެރިންގެ ގުޅުމުގެ ހިންގާ ކޮމެޓީގެ ބައްދަލު ވުމެއް

ވާހަކައެއް ލިޔެގެން އެއްވަނައަށް ހޮވޭ ފަރާތަށް 25000ރުފިޔާ ކަނޑައަޅާފައިވާ ވާހަކަ ލިއުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ލިޔުންތެރިންގެ ޖަމިއްޔާ، ލިޔުންތެރިންގެ ގުޅުމުން ހުޅުވާލައިފި އެވެ.

ލިޔުންތެރިންގެ ގުޅުމުން ބުނީ ޅަޒުވާން އުމުރުފުރައިގެ ކުދިން ކިޔަން ޝައުގުވެރިވާ ފަދަ ދިވެހި ވާހަކަތައް މިހާރު ނުހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެ ޖަމިއްޔާއިން ބާއްވާ މުބާރާތުގެ މަގުސަދަކީ އެ އުމުރުފުރާގެ ކުދިން ކިޔުމަށް ޝައުގުވެރިވާނެ ފަދަ ވާހަކަތަކެއް އުފެއްދުން ކަމަށް ލިޔުންތެރިންގެ ގުޅުމުގެ ނައިބު ރައީސް ހަސަން ޝާކިރު މުހައްމަދު ވިދާޅުވިއެވެ.

”ބޮޑަށް ރާއްޖޭގެ ސަގާފަތާއި އާދަކާދައާ ގުޅޭ، ކުދިން ޝައުގުވެރިކުރުވާ ފަދަ ވާހަކަތަކެެއް އުފެއްދުން މަގުސަދަކީ،“އޭނާ ވިދާޅުވިއެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. ފޯމު ފުރުމަށްފަހު ހުށަހެޅުމާ އެކު ހާއްސަ ބައްދަލުވުމެއްގައި ބައިވެެރިވުމަށް ދައުވަތު ލިބޭނެ އެވެ.

މިބައްދަލުވުމުގެ ބޭނުމަކީ ވާހަކަ ލިޔަންޖެހޭ މައުޟޫއޫތައް ބުނެދިނުމާއި ވާހަކަ ބައްޓަން ކުރަންވީ ގޮތް އޮޅުންފިލުވައި ދިނުމެވެ. ބައްދަލުވުމަށްފަހު ވާހަކަ ލިޔަން ބޭނުންވާ ބޭފުޅުން އެކަމަށް ރަޖިސްޓްރީ ކޮށްދޭނެ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮގަސްޓް 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އަށާރަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މިމުބާރާތުގައި ބައިވެރި ވެވޭނެ އެވެ.

ލިޔުންތެރިންގެ ގުޅުމުން ބާއްވާ ވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް ހޮވޭ ބޭފުޅަކަށް 25،000 ރުފިޔާ، ދެވަނައަށް 15،000 ރުފިޔާ އަދި ތިންވަނައަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމެއް ލިބޭނެ އެވެ.

މުބާރާތުގައި ވަނަތަކަށް ހޮވޭ ވާހަކަތައް ލިޔުންތެރިންގެ ގުޅުމުން ޗާޕުކުރާ ގޮތަށް އެ ޖަމިއްޔާ އިން ވަނީ ނިންމާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top