ޓޫރިޒަމާ ވެސް ގުޅުވައިގެން ބ. ދަރަވަންދޫ ޕްރޮމޯޓްކުރުމަށް “މަގޭ ދަރަވަންދޫ” ކެމްޕޭން ރަސްމީކޮށް ރޭ ލޯންޗްކޮށްފި އެވެ.
ބޮޑު އީދުގެ ހަރަކާތްތަކާއެކު އެ ރަށު ކައުންސިލުން ދަރަވަންދޫގައި ބެހެއްޓި “މަގޭ ދަރަވަންދޫ” މޮނިއުމަންޓް އިފްތިތާހު ކޮށްދެއްވީ ނުރަސްމީ ދަތުރުފުޅެއްގައި ބޮޑުއީދަށް އެރަށަށް ވަޑައގެން ހުންނެވި، ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ދަރަވަންދޫން ފެށި ކެމްޕޭންގެ ސަބަބުން އެ ރަށަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ދަރަވަންދު އަކީ މިހާރު ވެސް ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެއް ރަށަކަށް އެންމެ ގިނަ ފްލައިޓް ޖައްސާ އެއް ރަށް ކަމަށެވެ. އޭގެ ސަބަބުން ގިނަ ބަޔަކަށް ދަރަވަންދު އަށް އާދެވޭ ކަން ފާހަގަކުރެއްވި އެވެ. އަދި އެ ރަށް މެދުވެރިކޮށް އެހެނިހެން ރަށް ތަކަށާއި، ފަތުރުވެރިކަމުގެ މަންޒިލްތަކަށް ދެވޭކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.